ދިއްދޫ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަ ދައްކަވަނީ: ފޮޓޯ/އެމްޑީޕީ ކެންޕެއިން ޓީމް
ހަބަރު
18 Jan 2023 | 10:03
ބިން ހިއްކަން ވަޢުދުވި ހުރިހާ ރަށެއްގެ މަސައްކަތް މި ދައުރުގައި ނިންމާނަން : ރައީސް ޞާލިހު

ބިން ހިއްކުމަށް ވަޢުދުވެވަޑައިގެންނެވި ހުރިހާ ރަށެއްގައި މި ދައުރު ނިމުމުގެ ކުރިން ބިން ހިއްކާ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމެރީ ކެމްޕޭންގެ ތެރެެއިން ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ބިމުގެ ދަތިކަން ކުރިމަތިވެފައި ހުރި ރަށްތަކުގެ ތެރެއިން ބިން ހިއްކަވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ރަށްރަށުގެ ތެރެއިން އެ މަސައްކަތް ނުފެށި ހުރި ރަށްތަކުގެ ބިން ހިއްކުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކުރަން މަޝްވަރާކުރަމުންދާކަމަށެވެ.

"ބިން ހިއްކުމަށް އަޅުގަނޑުމެން ވީ ވަޢުދުތަކުގެ ތެރެއިން ނުނިމިހުރި ރަށްތައް އެއްކޮށް ހިއްކުމަށްޓަކައި ބޭރުގެ ކުންފުންޏަކާއެކީގަ މިދަނީ މަޝްވަރާކުރަމުން. އަޅުގަނޑުގެ ވިސްނުމަކީ މިހުރިހާ ރަށެއްގެ ބިން ހިއްކުން، ބިން ބޮޑުކުރުން ވަކި ބަޔަކާއި ޙަވާލުކޮށް، އެގްރިމަންޓްގައި ސޮއިކޮށް އެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލުން. މިގޮތުން ދިއްދޫވެސް އޭގެ ތެރޭގައި އަޅުގަނޑުމެން ހިމަނާން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވަނީ، ދިއްދޫގައި ބިން ބޮޑު ކުރުމުގެ ތެރެއިން، އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މަޝްވަރާއާއެކު ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވެ ދިއްދޫގެ ރައްޔިތުންނަށް އެއާޕޯޓް ގެ ހުވަފެން ދައްކަވާފައެވެ. 

"އެއާޕޯޓެއްގެ ވާހަކައަކީ އަޅުގަނޑުމެންނަށް ނުދެއްކޭނެ ވާހަކައެއް ނޫން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނާނަން، މި ޕްރައިމަރީއަށް ފަހުގައި، ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މެނިފެސްޓޯއެއް އެކުލަވާލާނަން، ތިޔަ ބޭފުޅުންނާއި މަޝްވަރާ ކުރާނަން، އޭގައި މިރަށުގެ އެއާޕޯޓެއް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ". ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ