އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
18 Jan 2023 | 19:39
އަނެއްކާވެސް އިންޑިއާއާއެކު އިތުރު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއެކު ދިވެހި ސަރުކާރުން އިތުރު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

އިންޑިއާއާއެކު ސޮއިކޮށްފައިވަނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ޤައުމީ ޔުނިވާރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ.

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުން ރާއްޖޭގެ ފަރާތުން ބަދަލު ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އިންޑިއާއިން މިއެއްބަސްވުންތައް ބަދަލުކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑަޅާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރުއެވެ.

ޤައުމީ ޔުނިވަރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުން ބަދަލުކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ މުޙައްމަދު ޝަރީފްއެވެ. ކޮޗިން ނެޝަލަން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެއްބަސްވުން ބަދަލުކުރެއްވީ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ.ކޭ.އެން މަދަސޫދަނަންއެވެ.

މިއެއްބަސްވުމުގެ ދަށުން އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު ސޮއިކުރި މިއެއްބަސްވުންތައް ބަދަލުކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޑިއާގެ އެހީގައި ރާޢްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރުމަށްޓަކައި އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްސްޓް ސްކީމަށްވަނީ 100 މިލިއަން ރުފިޔާ އިތުރުކޮށްދީފައެވެ.

އިންޑިއާއާއެކު އިތުރު އެއްބަސްވުންތަކެއް ސޮއިކޮށްފައިވާއިރު، އިންޑިއާއިން ދަނީ ސިވެހި ސަރުކާރުން އެދުނު ކޮންމެ ވަގުތެއްގައި ބޮޑެތި އަދަދުތަކުން ލޯނުތައް ދޫކުރަމުންނެވެ. ރާއްޖޭގައި ހިންގާ އިންޑިއާގެ މަޝްރޫއުތަކަށްވެސް އިންޑިއާއާއި ރާއްޖެއާއި ދެމެދު ހެދިފައިވާ ލައިން އޮފް ކްރެޑިޓް ފެސެލިޓީގެ ދަށުން ފައިސާ ދޫކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.