ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Jan 2023 | 06:15
ރާއްޖެ ތަރައްގީ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރީ އިންޑިއާ: ޝާހިދު

ދިވެހިރާއްޖެ ތަރައްގީ ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަނީ އަވައްޓެރި އިންޑިއާކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ. 

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީއަށް މުހިއްމު ގައުމެއްކަމަށެވެ.

މިގޮތުން ރާއްޖޭގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއެއްގައި އިންޑިއާގެ ހިއްސާއެއް އޮތުމަކީ ރާއްޖޭގެ ތަރައްގީއަށް އެގައުމުން އިސްކަންދޭކަމުގެ އަލިގަދަ ހެއްކެއްކަމަށް ޝާހިދު ވިދާޅުވެއެވެ. 

ހަނިމާދޫ އެއަރޕޯޓަކީ އެ ސަރަހައްދުގެ ތަރައްގީއަށް ހުޅުވިގެންދާނެ ދޮރެއްގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ އެ މަޝްރޫއަށް އެކަނި ބަލާލި ނަމަވެސް އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އަހަންމިއްޔަތުކަން ދޭ މިންވަރު ހާމަވެގެންދާކަމަށެވެ. އަދި އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދޭ ގައުމެއްކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ރާއްޖޭގެ އުމްރާނީ ތަރައްގީގެ ކުރިއެރުވުމުގައި ފާއިތުވި އަހަރުތަކުގައި އަދި މިއަދާއި ހަމަޔަށްވެސް އިންޑިއާ ސަރުކާރުން ދަނީ ކެނޑިނޭޅި ގިނަ ގުނަ އެހީތަކެއް ވެދެމުން"

ފޮރިން މިނިސްޓަރު ޝާހިދު 

ޝާހިދު ވިދާޅުވީ އިންޑިއާއިން މިހާތަނަށް ދިވެހިރާއްޖެއަށް 2.7 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 173.4 މިލިއަން ޑޮލަރަކީ ހިލޭ އެހީކަން ޝާހިދު ފާހަގަކުރެއްވި އެވެ.

އެއާއެކު އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަމުންދާ އުމްރާނީ ބޮޑެތި ގިނަ މަޝްރޫއުތަކަކީވެސް އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. 

އޭގެ ތެރެއިންވެސް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާގެ އެހީތެރިކަމާއެކު ހިންގަމުންދާ އެންމެ ބޮޑު މަޝްރޫއުކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ. 

އެއަރޕޯޓު މަޝްރޫއުގެ އިތުރުންވެސް ފެނާއި ނަރުދަމާއާއި، މަގު ހެދުން ފަދަ އެތައް މަޝްރޫއެއް އިންޑިއާގެ އެހީތެރިކަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
އައްޓަމަސް
އަހަރެމެން މަރުނުވެ ބަނޑަށް ނުޖެހި މިތިބީ އިންޑިޔާ ދުނިޔޭގައި އޮތީމައޭ ނުބުނީ ކީއްވެބާ؟
19 Jan 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.