މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ސަން
ހަބަރު
19 Jan 2023 | 10:37
ވިލިމާލެއަށް ބަސްތައް އެރުވީ ކައުންސިލަށް ވަގަށް: މޭޔަރު މުއިއްޒު

އެމްޓީސީސީއިން ވިލިމާލެއަށް މިނީ ބަސްތައް އެރުވީ ސިޓީ ކައުންސިލްއަށް އެންގުމަކާއި ނުލާ ވަގަށްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ވިލިމާލޭގެ ވެއްޓާއި ގުޅޭގޮތަށް ބަގީ ޚިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް އެ ރަށުގައި މިނީބަސް ފެށުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ކައުންސިލުން ނުރުހުން ފާޅުކުރަމުން ދަނިކޮށް ސަރުކާރު ކުންފުނިން ވަނީ ބަސްތައް ވިލިމާލެއަށް އަރުވާފަ އެވެ. 

އެކަމާއި ގުޅޭގޮތުން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލެއަށް ބަސްތައް އަރުވާފައިވަނީ ކައުންސިލްގެ ހުއްދަ ނުހޯދާ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. 

އެއީ ގަވައިދާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ވާތީ އެކަން ފުލުހުންގެ އިދާރާއާއި ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. 

ވިލިމާލެއަށް އަރުވާފައި ހުރި އެމްޓީސީސީގެ މިނީ ބަސްތައް 

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މި ދަނޑިވަޅުގައި ބަސްތަކެއް ވިލިމާލެއަށް އެރުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. 

ސައުންސިލްގެ މަސައްކަތުގެ ތެރެއަށް ސަރުކާރު ކުންފުންޏަކުން ވަދެ، ހުރަސްތައް އަޅަމުން ދިއުމަކީ ލާމަރުކަޒީ ގާނޫނު ފުނޑާލުންކަމަށް ސިފަކުރައްވާ މޭޔަރު މުއިއްޒު ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.