މަޖިިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ/ މަޖިލިސް
ހަބަރު
19 Jan 2023 | 15:51
ބަރުލަމާނީ ނިޒާމެއްގައި އަޅުގަނޑު ބޮޑުވަޒީރަކަށް ކުރިމަތި ލާނަން: އީވާ

ބަރުލަމާނީ ނިޒާމެއްގައި، ދިވެހިރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ކުރިމަތި ލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ. 

އީވާ މިފަދައިން ވިދާޅުވެފައި ވަނީ "ސޯސަލް" އިން ގެނެސްދިން އިންޓަވިޔުއެއްގައި އޭނާ އާއި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އެ އިންޓަވިއުގެ ތެރެއިން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލައްވާނަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީވާ ވަނީ ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް އޭނާ ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފައެވެ. 

"ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް އަޅުގަނޑު ކުރިމަތިލާނަން. ރިޔާސީ ނިޒާމަކީ އަޅުގަނޑު ގަބޫލުކުރާ އެއްޗެއް ނޫން." އިވާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވެސް މި އިންޓަވިއުގައި އީވާ ވަނީ އޭނާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަނީ އެމަނިކުފާނަކީ ވިޝަނަރީ ބޭފުޅެއް ވީމާ ކަމަށާ، ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ކުރައްވާފައިވަނީ ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ކަންކަން ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، އާސަންދަ އާއި، އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދިނުމާއި، އަދި ދޮށީ އުމުގެ މީހުންނަށް އިނާޔަތް ދިނުމުގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. 

އީވާ ވިދާޅުވީ، ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް ރައީސް ނަޝީދު ކޮށްދެއްވާނެ ކަންކަމުގެ ލިސްޓަކާއި އެކަން ކުރާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށާ، ރައީސް ނަޝީދު ގައުމާއިމެދު ވިސްނަވާވަރަށް އެހެން އެއްވެސް ސިޔާސީ ލީޑަރެއް އެހެން އެއްވެސް ސިޔާސީ ލީޑަރެއް ވިސްނަވާތަން ނުފެންނަ ކަމަށެވެ.  

ރިޔާސީ ނިޒާމް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ކަމަށް ކުރިމަތި ލައްވާނެ ކަމަށް އީވާ ވިދާޅުވެފައި ވާއިރު، އޭނާ އެންމެ ތާއީދު ކުރައްވާ ސީޔާސީ ލީޑަރު، ރައީސް ނަޝީދަކީ ވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސް، ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކޮށް ހުވަފެން ދެކެމުން އަންނަ ބޭފުޅެކެވެ. 

އެގޮތުން، ދާދިފަހުން އޮތް އެމްޑީޕީގެ ކޮންގްރެސް ގައިވެސް ވެރިކަން ކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމަނިކުފާނު ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. އެކަމާއި ގުޅިގެން، އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑު ހަމަނުޖެހުން ތަކެއް އުފެދިފައިވާއިރު، ކޮންގްރެސް ގެ ތެރެއިން ރައީސް ނަޝީދު ބަނީ އެ ގަރާރު އަނބުރާ ގެންދަވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.