އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)/ ފޮޓޯ: ވަން އޮންލައިން
ހަބަރު
20 Jan 2023 | 13:38
އަބްދުއްރަހީމް އިމްރާންއަށް: ޖަލުގައި ހުރެގެން ސެލްފީ ނެގި ހަނދާން ނުވޭތޯ؟

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އަދުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޖަލަށް ލައިގެން އިހާނަތިކޮށް ކަންތައްތައް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ގެ ބަހުގެ ހަމަލާތަކެއް އޭނާ އަށް ރައްދު ކުރައްވައިފި އެވެ. 

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޔާމީނާއި، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސްވެރިން ބައްދަލުކުރެއްވުމަށް ފަހު އަދުރޭ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ރައީސް ޔާމީން ހުންނެވީ ގަދަކޮށްކަމަށް ވިދާޅުވެފައެވެ.

އަދުރޭގެ އެ ޓުވީޓަށް ރައްދު ދެއްވައި އިމްރާން ވަނީ އެކަމުން އެނގިގެން ދަނީ އޭނާ ޖަލުގައި ހުރި އިރު ކިތަންމެ އިހާނަތިކޮށް ކަންކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިތްތިރިކަމާއި އޯގާތެރިކަން ކަމަށް ވިދާޅުވެފައެވެ. އަދި މީ ސަރުކާރުން ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން އެނގިގެންދާކަމެއްގެ ގޮތުގައި އިމްރާން ވަނީ ސިފަކުރައްވާފައެވެ.

ޢިމްރާން ގެ އެވާހަކަ ތަކަށް ރައްދުދެއްވައި އަދުރޭ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ، އިމްރާން ހުކުމް ތަންފީޒް ކުރަމުން ދިޔައިރު، ގޭ ބަންދަށް ބަދަލުކޮށް ގޭގައި ހުރެގެން ފެންކުޅި ކުޅެ މަޖާކުރި ހަނދާން މިހާރު ނެތްތޯ ސުވާލު ކުރައްވާފައެވެ.

"ބަލަ ޢީދު ރޯދައަށާ އަންހެނުން ވިހަށް ވާއިރަށް ގެ އަށް ބަދަލުކުރި ހަނދާން އެބަހުރިތަ؟ ގޭގައި ހުރެގެން ފެންކުޅި ކުޅެ މަޖާކުރި ހަނދާން މިހާރަކު ނެތްދޯ؟ ޖަލުގައި ތިބެގެން އެކުވެރިންނާއެކު ސެލްފީ ނަގާ އުޅުނު ހަނދާން މިހާރު ނެތީދޯ؟" އަދުރޭ ވިދާޅުވިއެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ނަންގަވާ އެ ފައިސާ ލޯންޑަރކުރި ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ. މި ހުކުމުގެ ސަބަބުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެެއްވުމުގެ ފުރުސަތު ޔާމީނަށް ވަނީ ހަނިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.