ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ/ ގާފު އޮންލައިން
ހަބަރު
20 Jan 2023 | 18:24
ރޭޕްގެ މައްސަލައިގައި ހަމީދުގެ ތައުރީފް ފުލުހުންގެ ތަހުގީގަށް

ކުޑަ އަންހެން ކުއްޖަކު ރޭޕު ކޮށް ބަރަހަނާ ފޮޓޯ ނެގި މައްސަލައެއް ސާބިތުވި މީހެއް 40 އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މި މައްސަލަ ތަަހުގީގުކުރި ފުލުހުންގެ ޓީމަށް ތައުރީފް ކުރައްވައިފި އެވެ.

ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް 2018 ވަނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެންގޮސް، ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނެގިކަން އެރަށު މާކަރީލައިޓް، މުހައްމަދު ޝަޒްލީފް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ސާބިތުވާ ކަން ކަނޑައަޅައި އޭނާއަށް 40 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.  

އެކަމާއި ގުޅިގެން ހަމީދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، މި މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވި ލ. ގަމު ޕޮލިސް ސްޓޭޝަނުގެ ސީނިއަރ ސާޖެންޓު ހުސެއިން އާދިލްގެ މި ތަހުގީގުގައި ކުރި މަސައްކަތް ފާހަގަކުރައްވާފަ އެވެ.

އަދި, އެ ކުއްޖާއަށް ލިބުނު އަނިޔާގެ ހައްގު އަދަބު ދެވުމުން ދޭހަވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް ފުލުހުން މަސައްކަތް ކުރާ މިންވަރުކަން ވެސް ސީޕީ ފާހަގަ ކުރެއްވި އެވެ.

ޝަޒްލީފްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރޭޕުކުރުމުގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.  

މި ދެ ދައުވާވެސް އޭނާގެ މައްޗަށް ސާބިވާ ކަމަށް ކަނޑައަޅައި މިމަހު 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ރޭޕުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާ 20 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ޤާނޫނު ދަށުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.