މަހުލޫފު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
21 Jan 2023 | 11:16
ނަޝީދު އެމްޑީޕީ ސަރުކާރަށް ވަގަށް ގޮވާތީ ދެރަވޭ: މަހުލޫފު

ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން އެބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސަރުކާރަށް ވަގަށް ގޮވާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ނަޝީދާއި އޭނާއަށް ތާއީދު ކުރައްވާ ފަރާތްތައް ރައީސް ޞާލިހާއި ދެކޮޅުވީ އެ ބޭފުޅުން ބޭނުންވާހާ ގޮތަށް ވެރިކަން ނުކުރައްވާތީ ކަމަށެވެ. 

ނަޝީދާއި އޭނާގެ ވަފާތެރިން ބޭނުންފުޅުވަނީ ރައީސް ޞާލިހު ޕަޕެޓެއްގޮތަށް ވެރިކަން ކުރައްވަން ކަމަށާއި، އެމަނިކުފާނާއި ދެކޮޅުވީ އެއްވެސް މީހެއްގެ ޕަޕެޓަކަށް ވެވަޑައިނުގަތުމުންކަމަށް މަހުލޫފު ވިދާޅުވިއެވެ. 

"މައްސަލައަކީ ވަކި ބޭފުޅަކު ބުނާ ގޮތަށް ކެބިނެޓަށާއި، ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ނުކުރުން.. ވަކި ވަރަކަށްތާ އައްޔަން ކުރެވޭނީވެސް.. މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން"

ޔޫތު މިނިސްޓަރު މަހުލޫފު 

މަހުލޫފު ވިދާޅުވީ ނަޝީދު މިހާރު މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިއާއަކީ ހަތުރެއްކަމަށް ހައްދަވައިގެން ކަމަށެވެ. އަދި ނަޝީދު އިސްވެ ހުންނަވައި މި ސަރުކާރު ބަދުނާމުކޮށް ވާހަކަދައްކަވަމުން ވަޑައިގަތުމަކީ ކަންބޮޑުވާކަމެއް ކަމަށް މަހުލޫފު ވިދާޅުވުއެވެ. 

"އަމިއްލަ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރަށް ވައްކަމުގެ ތުހުމަތާއި ބޮޑެތި ޖަރީމާތަކުގެ ތުހުމަތު އަޅުވަމުން ގެންދާކަމީ، ހަމަ އެހެންމެ ބެސްޓް ފްރެންޑް ހަތުރަކަށް ބަދަލުވާގޮތަށް ކަންކަން ވެގެންދާކަމީ އަޅިގަނޑު ވަރަށް ދެރަވާކަމެއް"

ޔޫތު މިނިސްޓްރު މަހުލޫފު 

އެއާއެކު މަހުލޫފު ވަނީ ޕްރައިމަރީއަށްފަހު އެކުގައި މަސައްކަތް ނުކުރެވޭނެ މަގުން ކަންކަން ނުކުރެއްވުމަށް ނަޝީދާއި ނަޝީދުގެ ވަފާތެރިންނަށް ގޮވާލައްވާފަ އެވެ. ޕްރައިމަރީއަށް ފަހު އެމްޑީޕީ އެއްގަލަކަށް އަރަން ޖެހޭ ކަމަށާއި، މާލޭ މީހަކަށް ނޫނީ ވެރިކަން ނުކުރެވޭނެކަމަށް ދެކޭ ވިސްނުން ބަދަލުކުރަން ޖެހޭކަމަށް މަހުލޫފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.