ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގުރައިދޫ އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރެއްވުން: ފޮޓޯ/އެމްޑީޕީ
ހަބަރު
23 Jan 2023 | 10:55
ޕާޓީގެ މުހިންމު ސިޔާސަތުތައް ކަމުނުދާ މެންބަރުން ޕާޓީގައި އެބަތިބި: ރައީސް ޞާލިހު

ޖަޒީރާ ވަންތަ ދިވެހިރާއްޖެއަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާ، އެހެން ނަމަވެސް، މިހާރު، އެ މުހިންމު ސިޔާސަތު ކަމުނުދާ މެންބަރުން ޕާޓީގައި އެބަތިބި ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކ. ގުރައިދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއް ތަރައްޤީ ކުރުން ކަމަށެވެ. 

"ވަކިވަކި ރަށްތައްވެސް ތަރައގީ ކުރުން. ރައްޔިތަކު ދިރިއުޅޭ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދީގެން ނޫނިއްޔާ، ރަށްރަށަކު ވަޒަންވެރިވެ، އިގްތިސާދެއް ބިނާއެއް ނުކުރެވޭނެ. އެގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާ އާއި، ކަރަންޓާއި އަދި މަގުތައް ހެދުމާއި މިހިން ހުރި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެކީގައި ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅެވޭނެ ތަންތަން ތަރައްގީކޮށް، ސިއްހީ ޚިދުމަތްތައް ގާތުން ލިބޭނެގޮތް ހޯދައިދީ، ތައުލީމް ދަރިވަރުންނަށް ލިބޭނެ ހޯދައި ދިނުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ." ރައީސް ޞާލިހް ވިދާޅުވިއެވެ. 

އެހެން ނަމަވެސް ޕާޓީގެ އެ މުހިންމު ސިޔާސަތު އެއީ މިހާރު ކަމުނުދާ ސިޔާސަތެއް ކަމަށް ފެންނަ ބައެއް މީހުން ޕާޓީތެރޭގައި މިހާރު އެބައުޅޭ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ. 

އެހެން ނަމަވެސް ޕާޓީގެ މި މުހިންމު ސިޔާސަތު އެއީ މިހާރު ކަމުނުދާ ސިޔާސަތެއް ކަމަށް ފެންނަ ބައެއް މީހުން ޕާޓީތެރޭގައި މިހާރު އެބައުޅޭ. ކުދި ރަށްރަށުގައި ދިރިއުޅޭ އާބާދީތަކަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އެއީ ބޭކާރު ޚަރަދެއް ކަމަށް ބައެއް ބޭފުޅުންނަށް އެބަ ގަބޫލު ކުރެވޭ. އެވާހަކަ އެބަ ދައްކާވާ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއް ތަރައްޤީ ކުރުން ކަމަށްވާއިރު، އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން އެފަދައިން ވާހަކަ ދައްކަވަނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ނޫން ކަމަށާ، އެއީ އެހެން މަގުސަދެއްގައި ދައްކަވާ ވާހަކަތަކެއް ކަމަށެވެ. 

އެހެންކަމުން ކުރިއަށް އެމްޑީޕީ ޕްރައިމަރީގައި ކެންޑިޑޭޓެއް ކަނޑައެޅުމަށް ވޯޓުލާއިރު، އެކަމާއި މެދު ވިސްނައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތް ކުރާ މީހަކަށް ވޯޓުދިނުމަށް ރައީސް ޞާލިހް ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.