ނިއުއާ ގުޅިގެން ފޮނަދޫގައި ފެށި އެކެޑަމީ
ކުޅިވަރު
23 Jan 2023 | 10:50
ނިއުރޭޑިއަންޓްއިން އުނގޫފާރުގައި ފުޓްބޯޅަ އެކަޑަމީއެއް ފަށަނީ

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ސްޕޯޓްސް އެކަޑަމީއެއް ހުޅުވަން ނިންމައިފިއެވެ.

މި އެކެޑަމީ ހުޅުވަން ހަމަޖެހިފައި ވަނީ މި އަހަރުގެ މާރޗް މަހުގައެވެ.

އުނގޫފާރު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަޤުޞަދުގައި، ނިއުރޭޑިއަންޓްގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ކުރާ މަސައްކަތުގެ ދަށުން، އެރަށުގައިވެސް އެކަޑަމީއެއް ހުޅުވަން ހަމަޖެހިފައި ވާކަމަށެވެ.

އެގޮތުން 16 އަހަރުންދަށް، 14 އަހަރުންދަށް، 12 އަހަރުންދަށް، 9 އަހަރުންދަށް އަދި 7 އަހަރުންދަށް މި އުމުރުފުރާތަކަށް އެކަޑަމީ ހިންގުމަށް ނިންމާފައި ވާކަމަށް ކައުންސިލުން ބުނެއެވެ.

ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަތުން މަހުފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 300 ރުފިޔާއެވެ.

އަދި އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން، އެކަޑަމީ ޖާރޒީ ކިޓް ފީގެ ގޮތުގައި ނެގުމަށް ގަސްދުކޮށްފައިވާ އަދަދަކީވެސް 300 ރުފިޔާ ކަމަށާއި މި ފީއަކީ ޖާރޒީ، ސޯޓް އަދި ސްޓާކީން ކުއްޖާއަށް ދިނުމަށްޓަކައި ނެގޭ ފީއެއް ކަމަށް އުނގޫފާރު ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން ނިއުރޭޑިއަންޓް އެކަޑަމީއަށް ވަނުމަށް ބެނުންވާ ކުދިން، މި މަހުގެ ނިޔަލަށް އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް، ޖާރޒީ ކިޓް ފީއާއި އެކު އުނގޫފާރު ކައުންސިލްގެ އިދާރައަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އުނގޫފާރު ކައުންސިލްގެ އިދާރައިން ލިބެން ހުންނާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.