ރައީސް ޞާލިހް ތޮއްޑޫ އެމްޑީޕީ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Jan 2023 | 18:36
"ނިމިފައި ހުރި ކަންކަމުގެ ރިބަންކަނޑާނަމަ ދައުރުގެ ކޮންމެ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމުގައި"

މި ސަރުކާރުގެ މިހާތަނަށް އައި އިރުގައި ކޮށް ނިންމާފައި ހުރި ކަންތައްތައް ހުޅުވަން، ރިބަން ކަނޑަންޖެހޭ ނަމަ، މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ ރިޔާސީ ކެންޕެއިނަށް އއ. ތޮއްޑޫ އަށް ވަޑައިގެން އެ ރަށު އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަން ކަމަށް ޚަރަދު ކުރުމަކީ ބޭކާރު ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ވިދާޅުވާއިރު، އެކަމުގެ މުހިންމުކަން ހަގީގަތުގައި އެނގޭނީ އެ ރަށްރަށުގައި އުޅޭ މީހުންނަށް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، މިސަރުކާރުން އެތައް ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އޭގެ ސަބަބުން އޮނޑި ދޯނި ފަހަރު ގެން ގުޅޭ މީހުންނަށް ދޯނި އަޅާނެ ތަނެއް ނެތީގެން އުޅެން ނުޖެހޭ ކަމަށާ، އެމީހުންނަށް މިހާރު ހަމަ ނިދި ލިބި، ސިކުނޑިއަށް އެތައް ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.  

ހަމައެކަނި ބަނދަރުގެ ވާހަކަ ދައްކަން ފެށިޔަސް އަޅުގަނޑުގެ ވާހަކައަށް ބައިގަޑި އިރެއް ވަރު ނަގާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ މިހާތަނަށް އައި އިރުގައި ކޮށްނިންމާފައި ހުރި ކަންތައްތައް ހުޅުވަންޖެހޭ ކަމަށް ވަންޏާ، ރިބަން ކަނޑަންޖެހޭ ކަމަށް ވަންޏާ، އަޅުގަނޑުގެ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަންޖެހޭނީ އެކަމަށް. އެވަރަށް މަސައްކަތް ތައް ނިމިފައި އެބަހުރި. މަސައްކަތްތައް ކުރެވެމުން އެބަދޭ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް ވިދާޅުވީ، މިއަހަރުގެ ޖުލައި އަދި އޯގަސްޓް މަހާއި ހަމައަށް އަންނައިރު، އެމަނިކުފާނު އެ ވިދާޅުވި ވާހަކައިގެ ތެދުކަން ހާމަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވަގުތުތައް އެ މަސައްކަތްތައް ހުޅުވުމަށް ހޭދަކުރާ ކަމުގައިވާނަމަ ދެން އިތުރަށް ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އަދި އެއީ އަމާޒެއް އޮވެގެން ކަންކަން ކުރައްވާތީ ވާގޮތް ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ އެމަނިކުފާނަކީ ވިޝަނަރީ މީހެއް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ނުސީދާގޮތުން ރައްދުވެއް ދެއްވާފައެވެ. 

ކޮމެންޓް
Ibrahim waheed
ފޮނި ކެޑިޔަސް ކަޑާނެރިބަނެއް ނެތީޔާ ރިބަން ކަޑާނީކިހިނަކުންތޯ
23 Jan 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.