އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު ޝާހިދު -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Jan 2023 | 19:56
އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރަން ނިންމައިފި

އދގެ ސެކިއުރިޓީ ކައުންސިލުގެ ވަގުތީ މަގާމަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 2028-2029 ވަނަ އަހަރަށް އދ ގެ ސެކިއުރިޓީ ކައުންސިލަށް އިންޑިއާ އިން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ދައުރަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ދައުލަތް އިންތިޚާބުކުރުން އޮންނާނީ 2027 ވަނަ އަހަރުގައި އޮންނަ އދގެ އާންމު މަޖިލީހުގެ 85 ވަނަ ބައްދަލުވުމުގައި ކަމަށްވެސް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އެ މިނިސްޓްރީގެ މި ނިންމުމަކީ އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖަޔަޝަންކަރު މި މަހުގެ 18 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށެވެ. އެ ޒިޔާރަތަކީ ހދ.ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޖައިޝަންކަރު ކުރެއްވި ދަތުރުފުޅެކެވެ.

އަދި ރާއްޖެއިން އިންޑިއާއަށް ކުރާ ތާއީދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން އޮންނަ ތާއީދެއް ކަމަށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ، ބައިނަލްއަޤުވާމީ ޞުލްޙައާއި ސަލާމަތް ނެގެހެއްޓުމުގައި އިންޑިއާއިންވަނީ ވަރުގަދަ އަދި ހަރުދަނާ ލީޑާޝިޕެއް ދައްކުވައިދީފައި ކަމަށެވެ. އަދި އދގެ ޗާޓަރުގައި ހިމެނޭ އަގުތަކާއި މަބްދައުތަކަށް ވަރުގަދައަށް އިންޑިއާއިން ތާއީދުކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސަލާމަތީ މަޖިލީހުގައި ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގެ އަޑަށް އިންޑިއާވާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދުނިޔޭގެ ސިޔާސަތުތައް ބައްޓަންކޮށް، ސުލްހަ ގާއިމުކޮށް ރައްކައުތެރިކަން ކަށަވަރު ކުރުމުގައި އެ ގައުމުން ސެކިއުރިޓީ ކައުންސިލުގައި ރަނގަޅު މަސައްކަތްތަކެއް ކުރާނެކަން ކަށަވަރުވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.