ރ.އަތޮޅު ފައިނު - ފޮޓޯ: ފައިނު އޮންލައިން
ހަބަރު
24 Jan 2023 | 15:02
ފައިނުގައި އެއަރޕޯޓު އަޅަން ބޭނުންކަމަށްބުނެ އާއްމުން ކައުންސިލަށް

ރ. ފައިނުގައި އެއަރޕޯޓު އަޅަން ބޭނުންކަމަށްބުނެ އާއްމުން ޓީމަކުން އެރަށު ކައުންސިލާ ބައްދަލު ކޮށްފިއެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވީ، ބައްދަލުވުން ބޭއްވީ އާއްމުންގެ ބައެއްގެ އެދުމުގެ މަތިން ކަމަށާއި، ރަށާ ގުޅުންހުރި މިފަދަ ކަންކަމުގައި ރައްޔިތުންގެ ހިޔާލަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ.

އިއްޔެ ހެނދުނު ފައިނު ކައުންސިލްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އާއްމުންގެ 10 މީހުން ބައިވެރި ވެފައި ވާކަމަށް މޫސަ ވިދާޅުވިއެވެ.

"އެއާޕޯޓެއް އަޅަން ފުރުސަތު މިހާރު އޮތް ހެން ހީވާތީ އެކަން ބޭނުންވާ ވާހަކަ (ދެންނެވީ)،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެ މަޝްވަރާގައި، އެއަރޕޯޓެއް އެޅުމުން ލިބޭނެ ފައިދާތަކާއި ގެއްލުމާއި އަދި އޭގައި ހުރި އެހެނިހެން ކަންކަމާމެދު މަޝްވަރާ ކޮށްފައި ވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ބައްދަލުވުމުގެ ބައިވެރިން ފާހަގަ ކުރި ގޮތުގައި، ރ. އަތޮޅުގެ ދެކުނު ބިތުގެ މީހުން ދިރިއުޅޭ ރަށެއްގައި އެއާޕޯޓު އަޅުއްވާނެ ދަފަ މޭރުމަކުން ރައީސް ޞާލިހު ވާހަކަފުޅު ދައްކަވާފައި ވެއެވެ.

އެހެންކަމުން އެ ފުރުސަތު އެންމެ ބޮޑީ، އެ އަތޮޅުގެ ދެކުނު ބިތުގައި އޮތް އެންމެ ބިން ބޮޑު ދެރަށް ކަމަށްވާ ފައިނާއި ކިނޮޅަހަށް ކަމަށް ބައްދަލުވުމުގެ ބައިވެރިން ފާހަކަ ކުރިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް ފައިނުގައި އެއަރޕޯޓް އަޅަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަމަވެސް ރަށުގެ ބައެއް އާއްނު ރައްޔިތުން އެކަން ސިޔާސީ ކޮށް، އެކަމަށް ހުރަސް އަޅާފައި ވާކަމަށް އާއްމުންގެ ޓީމުން ބުންޏެވެ. ނަމަވެސް އެއާޕޯޓަކީ ރަށަށް ފައިދާހުރި މަޝްރޫއެއް ކަމަށް އާއްމުން ފާހަގަ ކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.