އިނގިރޭސި ޕްރިމިއަރ ލީގް: ކާޑިފް 1-2 ބާންލީ

01 Oct 2018 | 06:55

އިނގިރޭސި ޕްރިމިއަރ ލީގުގައި ކާޑިފްއާއި ދެކޮޅަށް ކުޅެ 2 ލަނޑު 1 ލަނޑުން ބާންލީ ކުރި ހޯދައިފިއެވެ. މެޗުން ބަލިވި ނަމަވެސް މޮޅަށްކުޅެ ގިނަ ހަމާލަތައް އުފައްފާފައިވަނީ ކާޑިފްއިންނެވެ. މުޅި މެޗުގައިވެސް ބާންލީއަށް އިދިކޮޅު ގޯލަށް އަމަޒުކުރިކުރެވުނީ 3 ހަމަލާއެވެ.

ވެސްޓްވުޑް ދިން ބޯޅަ އަކުން ބާންލީގެ ގުޑްމުންޑްސަން މެޗުގެ 51 ވަނަ މިނެޓުގައި ބާންލީއަށް ކުރި ހޯދަދިން އިރު 60 ވަނަ މިނެޓުގައި ބުރޫނޯ ދިން ބޯޅަ އަކުން މާފީ ލަނޑެއްޖަހައި ކާޑިފްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި ގުޑްމުންޑްސަން ނަގައިދިން ހުރަހަކުން ވޯކްސް ބާންލީއަށް ކުރި ހޯދަދިނެވެ.

ޕްރިމިއަރ ލީގަށް މި ސީޒަނުގައި އަލަށް ޕްރޮމޯޓްވި ކާޑިޕް ލީގުގައި ކުޅުނު އެއްވެސް މެޗަކުން އަދި މޮޅުވެފައެއް ނެތެވެ. 

މެޗަށްފަހު ވާހަކަ ދައްކަމުން ކާޑިފްގެ ކޯޗް ނީލް ވަރނޮކް ބުނެފައިވަނީ މި މެޗުގައި ކުޅުންވަރަށް ވުރެ މޮޅަށް ނުކުޅެވޭނެކަމަށާއި ފުޓްބޯޅައަކީ ފާޑެއްގެ އެއްޗެއް ކަމަށެވެ. 

Advertisement

ކޮމެންޓް