ކުޅުދުއްފުށި އައު އޯޕީޑީ--
ހަބަރު
25 Jan 2023 | 12:05
ކުޅުދުއްފުށީ އައު އޯޕީޑީ ބޭނުން ކުރަން ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތް ނިމި އެ ތަނުގެ ބޭނުން ކުރަން ފަށައިފިއެވެ. 

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތް ކުރުމުގެ މަޝްރޫޢުއަކީ 20.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 

ކުޅުދުއްފުއްޓަކީ މުޅި ހއ. ހދ. އަދި ށ. މި ތިން އަތޮޅުގައި ދިރިއުޅޭ ގާތްގަނޑަކަށް 72,000 ރައްޔިތުން އެކި ޚިދުމަތް ހޯދުމަށާއި، އެހެނިހެން ބޭނުންތަކުގައި އައިސް ހަދައި އުޅުމަށް މުޙިންމު ރަށެކެވެ. އެގޮތުން މި ރަށަށް ބޮޑުތިލަދުންމަތީ ރައްޔިތުން އެންމެ ގިނައިން އަންނަ އެއް ބޭނުމަކީ މި ރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ހޯދުމެވެ. އަދި، ކުޅުދުއްފުށި ހޮސްޕިޓަލްއަކީ މުޅި ބޮޑު ތިލަދުންމަތީގައިވެސް މިވަގުތު ހަމައެކަނި ހުރި ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ހޮސްޕަޓަލްކަމުން، އެހެން ހޮސްޕިޓަލްތަކުން ނުލިބޭ އެކި އެކި މުހިންމު ޚިދުމަތް ހޯދުމަށް ބޮޑުތިލަދުންމަތީގެ ވަރަށް ގިނަ ރައްޔިތުން މި ހޮސްޕިޓަލްއަށް ބަރޯސާވެއެވެ.

އެހެންކަމުން، އަލަށް ބޭނުން ކުރަން މި ފެށުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ ސަބަބުން މި ހޮސްޕިޓަލް އިތުރަށް ތަރައްޤީވެ، ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކެމެއް ލިބިގެން ވަނީ ގޮސްފައެވެ.

ކުޅުދުއްފުށީ އޯޕީޑީ އިމާރާތް ކުރުމުގެ މި މަޝްރޫޢުގެ ދަށުން، 21 ބަލިމީހުން ބަލާ ކޮޓަރި އިމާރާތް ކުރުމާއި، 1 ފަރުވާދޭ ކޮޓަރި އިމާރާތް ކުރުމާއި، 1 ޕްރޮސީޖަރ ކޮޓަރި އިމާރާތް ކުރުމާއި، 1 ނަރސިންގ ސްޓޭޝަން ހެދުމާއި 189,6 އަކަ ފޫޓުގެ ވެއިޓިންގ ލޯންޖެއް ހެދުމާއި، 32 ޑިސްޕްލޭ ހުންނަ ކިއު ސިސްޓަމެއް ބެހެއްޓުމާއި، ސީސީޓީވީ ކެމެރާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވިފައިވާ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.