ލ. ފޮނަދޫ -- ފޮޓޯ/ އަލީ އިވާޝް
ހަބަރު
25 Jan 2023 | 16:34
ފޮނަދޫގައި މީހަކު މަރާލި މައްސަލައިގައި ދައުވާކުރި އެންމެން ސަލާމަތްވެއްޖެ

ލ. ފޮނަދޫގައި މީހަކު މަރާލި މައްސަލައިގައި ދައުވާކުރި އެންމެން ސަލާމަތްވެއްޖެއެވެ.

ފޮނަދޫގައި 27 އަހަރުގެ މުހައްމަދު އަސަން އުއްލާ ނަމަކަށް ކިޔާ ބިދޭސީއަކު މަރާލި މައްސަލައެއް ފެންމަތިވީ 2017 ވަނަ އަހަރުއެވެ. އެ މައްސަލައިގައި އަށް ބިދޭސީއެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ.

ދައުލަތުން ބުނެފައިވަނީ، ބަންގްލަދޭޝް އަށް މީހުން ވެގެން އެރަށު ފިނިމަގު ކޮޅަށް އަސަން ގެންގޮސް ހަމަލާ ދީފައި ވާކަމަށެވެ. އެގޮތުން ހަތް މީހުން ވެގެން އަސަން ހިފަހައްޓައި، ބާކީ ހުރި މީހާ އަސަންގެ ކަރަށް ވަޅި ހަރާފައި ވާކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ، އެ ހާދިސާ ހިނގިތަން ފެނުނީ އެންމެ މީހަކަށް ކަމަށާއި އެމީހާއަކީ ނުކުޅަދޭ މީހަކަށްވެފައި ދޮގު ވާހަކަ ފަތުރާ މީހެއްކަމަށް އެހެން ހެކިވެރިން ބުނެފައި ވާކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއިން އެމީހުން ކުށް ކުރިކަން ސާބިތުކުރެވެނެ ނެތުމުން އެކެއްގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

އަސަންގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަނިކޮށް ދެ ދުވަސް ފަހުން ފިނިމަގުން ގޮނޑު ދޮށުގައި ހުރި ކުރެދި ގަހެއްގެ ދަށަށް ލައްވެފައި އޮއްވަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ