އެވޯން ފިހާރަ
ވިޔަފާރި
29 Jan 2023 | 13:00
އެވޯން ފަރުނީޗަރު، ގޭތެރެ އަޕްގްރޭޑްކޮށްލަން މިވަރެއް ނެތް!

އެވޯން އަކީ 100 ޕަސެންޓު ދިވެހި ލަގްޒަރީ ފަރުނީޗަރުގެ ބްރޭންޑެކެވެ. ހިތްގައިމު ޑިޒައިންތަކަށް ފަރުމާކޮށްފައި ހުންނަ އެނދާއި ސޯފާ، ޑައިނިން ސެޓު އަދިވެސް ފަރުނީޗަރުގެ އެކި ބާވަތްތައް މިހާރު ވަނީ ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ. 

އެވޯން ސްޓޯރޭޖު ބެޑު

އެވޯން ސްޓޯރޭޖު ބެޑަކީ އަވޯން ބްރޭންޑްގެ ފަރުނީޗަރުގެ ތެރެއިން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބާވަތެވެ.

އެގޮތުން ޑީވާ ސްޓޯރޭޖު ބެޑާއި، ރޯޔަލް ސްޓޯރޭޖު ބެޑުގެ އިތުރުން ކްލާސިކް ސްޓޯރޭޖް ބެޑުގެ ޑިސައިންތައް މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކުރީ އެވޯންއިން ނެވެ. އެއާއެކު އެއީ ދިވެހިންގެ މެދުގައި މަގުބޫލު ޑިޒައިންތަކަށް ވެއްޖެއެވެ. 

ދިވެހިންގެ ކޮޓަރިތައް ލަގްޒަރީކުރުމަށް އަވޯންއިން ތައާރަފުކުރި މި އެނދުތަކުގެ އެކި ކުލަތައްވެސް އެތަނުން ލިބެން ހުރެއެވެ.

އެގޮތުން ހުދު، ބެއިޖް، އަޅި، ކަޅު އަދި ޓީލް ކުލައިގެ އެނދު އެވޯންއިން ލިބެން ހުރެއެވެ. އޭގެ އިތުރުން ޑަބަލް، ކުއީން އަދި ކިންގު ސައިޒުގެ އެނދުތައް މި ޑިޒައިންތަކުން ލިބެން ހުރެއެވެ. 

މީގެ އިތުރުން މި އެނދުތަކަކީ ސްޓޯރޭޖު އެނދުތަކަކަށްވުމުން، ފަސޭހަކަމާއެކު އެނދުދަށަށް ލާ ބައެއް ސާމާނު ފޮނުވާލެވެއެވެ. އަދި އެނދުގެ ސްޓޯރޭޖު ބޮޑުވުމުން، ފޮށިގަނޑުތަކާއި، ގުދަންުކުރަން ޖެހޭ އެހެން ބައެއް ސާމާނުވެސް ފަސޭހަކަމާއެކު ފޮރުވާލެވޭނެއެވެ.

ސްޓޯރޭޖަށް މި އެނދު ބޭނުން ކުރާނަމަ ގޮނދަޑި ބާއްވައިގެންވެސް އެނދުގެ ފިލާގަނޑު ހިއްލާލެވެއެވެ. އަދި މި އެނދު ފަރުމާކޮށްފައި ހުންނަ ގޮތުން، ހަމައިސްކޮޅަށް ފިލާގަނޑު ހިއްލާލެވޭތީ، ކޮޅަށް ހުރެގެން ފަސޭހަ ކަމާއެކު ބެޑްޝީޓުވެސް އަޅާލެވޭނެއެވެ. 

އެވޯންގެ ހިތްގައިމު ޑިޒައިންތަކުގެ ސްޓޯރޭޖު ބެޑުތަކުން ޔަގީނުންވެސް ކޮޓަރިތަކުގެ ފަޅުފިލުވާލަދޭނެ އެވެ. އަދި ކޮޓަރިއަށް އިތުރު ރީތިކަމެއް ގެނެސްދޭނެ އެވެ. 

އެވޯންގެ އެކި ޑިޒައިންތަކަކީ ލަގްޒަރީ ޑިޒައިންތަކަކަށް ވިޔަސް، މި އެނދުތައް އެކަށީގެންވާ އަގުތަކެއްގައި ލިބެން ހުންނާނެއެވެ. އަދި މިއީ އެނދުދަތުގެ ފީޗާރސްތަކާއި އެއްވަރުގެ އަގުތަކެއްގައި ވިއްކަމުންދާ ތަކެތިކަން ފާހަގަކޮށްލެވެއެވެ. 

އެވޯންގެ ޑައިނިިން ސެޓާއި އެހެނިހެން ބާވަތްތައް

އެވޯންއިން ތައާރަފްކޮށްފައިވާ ސޯފާތަކަކީވެސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ސޯފާތަކެކެވެ. 

3 މީހުންނަށް، ނުވަތަ 2 މީހުންނަށް ނުވަތަ އެކަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ސޯފާގެ އެކި ޑިސައިންތަކަކީވެސް ލަގްޒަރީ ޑިޒައިންތަކެވެ.

އެގޮތުން އެކޯން ކްލަސިއާ، ރިފައިންޑް، ކޯއާ، ރުމެއިސާ އަދި އޯސިއަންގެ އިތުރުން ލާކް ޑިސައިންގެ ސޯފާތައް މިހާރު ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.

މިއިން ކޮންމެ ޑިސައިނަކީވެސް ރާއްޖޭގެ ގެދޮރުގެ ޑިޒައިންތަކާއި ޖާގައާއި، އަދި ދިވެހިން ބޭނުންވާނެ ފަދަ ގޮތަކަށް ކަސްޓަމައިޒް ކުރެވިގެން ޑިޒައިން ކޮށްފައި ހުރި ސޯފާގެ ބާވަތްތަކެވެ. 

ސޯފާގެ އިތުރުން އެވޯންގެ ޑައިން ޓޭބަލް އަދި ގޮނޑިތަކަކީވެސް ހިތްގައިމު ސެޓަކަށް ވާނެއެވެ. މި ސެޓު ވަކިންވެސް އަދި އެއްކޮށްވެސް އެވޯންއިން ލިބެން ހުރެއެވެ. 

އަދި ހަމައެހެންމެ ބިއްލޫރި ޑްރެސިން ޓޭބަލްގެ ޑިޒައިންތަކަކީވެސް މިހާރު އެވޯންއިން ލިބެން ހުރި ބާވަތްތަކެވެ. އެގޮތުން އެކި ސައިޒުގެ ބިއްލޫރި ޑްރެސިން ޓޭބަލް އެވޯންއިން ލިބެން ހުންނައިރު، މިއީ މޭޒާއި ވަކިން ލޯގަނޑު ހަރުކުރެވޭގޮތަށް ފަރުމާކޮށްފައި ހުންނަ ޑްރެސިން ޓޭބަލްތަކެކެވެ. އަދި އޭގެ އިތުރުން، އެ ޓޭބަލްގައި ވަތްގަނޑުތައް ލާފައި ހުރުމުން، ބައެއް ކަހަލަ ސާމާނު ރައްކާކޮށްލުމަށް ބޭނުން ކުރެވޭނެއެވެ. 

އެވޯންގެ ޝޭންޑްލިއާ ލައިޓުތަކީވެސް ކޮޓަރި ނުވަތަ ސިޓިންރޫމަށް އިތުރު ޒީނަތްތެރިކަމެއް ޔަގީނުންވެސް ގެނެސްދޭނެ ލައިޓުތަކެކެވެ. މިނޫނަށް އެވޯންގެ ބައެއް ފަރުނީޗަރުގެ ބާވަތްތައް މިހާރު ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ. 

ދިވެހިރާއްޖޭގެ ލަގްރަޒީ ބްރޭންޑެއްކަމަށްވާ އެވޯންގެ މަގްސަދަކީ، ލަގްޒަރީ ފަރުނީޗަރު އަތްފޯރާ އަގުތަކެއްގައި ދިވެހިންނާއި ހަމަޔަށް ތިލަކޮށްދިނުމެވެ. ހިތްގައިމު ފަރުނީޗަރު ތަކާއެކު ގޭތެރެ އަޕްގްރޭޑުކޮށްލުމަށް އެވޯން ބްރޭންޑަކީ "މާ ސަޅި" ބްރޭންޑެކެވެ.

އެވޯންއިން ލިބެން ހުންނަ ފަރުނީޗަރުތައް ބަލާލުމަށް އެ ފިހާރައިގެ އިންސާގްރާމް ޕޭޖަށްވެސް ޒިޔާރަތްކޮށްލެވޭނެއެވެ. އަދި ހުޅުމާލޭގައި ހުންނަ އެވޯން ފިހާރައަށް ޒިޔާރަތްކޮށްލައިގެންވެސް ފަރުނީޗަރުތައް ބަލާލެވޭނެއެވެ. ގެއާއި ގުޅޭގޮތަށް ފަރުނީޗަރުތައް އިޚްތިޔާރުކުރުމަށް އެވޯންގެ އެހީތެރިކަން ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް އެވޯންއިން ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.