އިމްރާނު ރައީސް ޞާލިހުގެ އަރިހުގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Jan 2023 | 15:21
ބަޔަކަށް ރަނގަޅުވާ ކޮންމެ ގޮތަކީ އަދި ހައްގު ގޮތަށް ނުވެދާނެ: އިމްރާން

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓާއި ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު މާނަފުން ޓްވީޓެއް ހިއްސާ ކުރައްވައިފިއެވެ.

އިމްރާނު ވިދާޅުވީ ބަޔަކަށް އެއީ ރަނގަޅުކަމެއް ކަމަށް ހީވާ ކޮންމެ ގޮތަކީ އަދި ހައްގު ގޮތަށް ނުވެދާނެކަމަށެވެ. އަދި ބަޔަކަށް ރަނގަޅު ވިޔަސް ނުވިޔަސް ހައްގު ވާނީ ހައްގަށް ކަމަށެވެ. 

އެއީ ސީދާ ކަނޑައެޅިގެން ކޮން ކަމަކަށް އިޝާރާތް ކުރައްވާ ހިއްސާކުރެއްވި ބަސްކޮޅެއްކަމެއް އިމްރާނު ފާހަގަކުރައްވާފައެއް ނުވެއެވެ. 

އެހެން ނަމަވެސް ގަބޫލު ކުރެވޭގޮތުގައި އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ހިއްސާކުރެއްވި ވާހަކަފުޅެވެ. 

މި އިންތިޚާބުގައި އަދާލަތު ޕާޓީއާއި ޕާޓީގެ ދީނީ އިލްމުވެރިން ގެންދަވަނީ ރައީސް ޞާލިހަށް ތާއީދުކުރައްވާ އެމަނިކުފާނަށް ކެމްޕޭނު ކުރައްވަމުންނެވެ. އަދި ރައީސް ޞާލިހަށް ހުޝާމަދު ކުރައްވާ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭކަމަށް ވަކާލާތު ކުރައްވަމުންނެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ދެ ރައީސުންވެސް ވާދަކުރައްވާއިރު، ފެންނަ މަންޒަރުތަކަށް ބަލާއިރު، ތާއީދު ބޮޑީ ކޮން ބޭފުޅަކަށްކަން ދަންނަވާކަށް ނޭނގެއެވެ. 

ދެ ރައީސުންވެސް ވިދާޅުވަނީ އިންތިޚާބު ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. 

ޕާޓީގެ ކުރިމަގާއި މެދު ދެ ރައީސުންގެ ވިސްނުންފުޅު ތަފާތުއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވަނީ އެމްޑީޕީއަށް ވެރިކަމުގައި ދެމިއޮވެވޭނީ ކޯލިޝަނާއި އެކުގައި ކަމަށެވެ.

އެމަނިކުފާނުގެ ކިބައިގައި މަޝްވަރާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ސިފަ ހުންނަކަން ފާހަގަކުރައްވާ އަދާލަތުގެ ދީނީ އިލްމުވެރިން ފާހަގަކުރައްވައެވެ. 

އެހެންކަމުން އިމްރާނު އެ އިޝާރާތްކުރައްވާ ހައްގު ގޮތަކީ ރައީސް ޞާލިހަށް ވޯޓުދީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުން ކަމަށް ބެލެވެއެވެ. 

ކޮމެންޓް
ޙުސެއިން
ހައްގު އެނގޭނީ އިމްރާނާ އިޔާޒް އަށް.
28 Jan 2023
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ