ތުލުސްދޫ-- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
29 Jan 2023 | 12:09
ލޯންޗަކުން ޖެހި، ސްނޯކްލިން އަށް ގޮސް އޮތް ފަތުރުވެރިއެއް ނިޔާވެއްޖެ

ކ. ތުލުސްދޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި ދުއްވާފައި ދިޔަ ލޯންޗަކުން ޖެހިގެން ލިބުނު އަނިޔާގައި، އެމީހާ ނިޔާވެއްޖެ އެވެ. 

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 11:00 ކަންހާއިރު ކަމަށެވެ. 

އަދި މި ހާދިސާގައި ނިޔާވެފައި ވަނީ ފިރިހެނެއް ކަމަށާ، އޭނާ އަކީ އެރަށު ހުންނަ ގެސްޓްހައުސް އަކަށް އައިސް ހުރި ބޭރުގައުމުގެ ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އޭނާގެ އުމުރާއީ އޭނާ އަކީ ކޮން ގައުމެއްގެ މީހެއް ކަން އަދި ސާފު ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ، އެމީހާ ސްނޯކްލިން އަށް ދިޔައީ އިތުރު ހަތަރު ވަރަކަށް މީހުންނާއި އެކުގައި ކަމަށާ، އެ ސްނޯކްލިން އަށް ގޮސް އޮތް ސަރަޙައްދަކީ ކަނޑުއޮޅި ކަމުން ގިނަ އަދަދެއްގެ ލޯންޗު އަބަދުވެސް އެ ސަރަހައްދުން އަބަދުވެސް ދަތުރުކޮށް އުޅޭ ކަމަށެވެ. 

އަދި ދުއްވާފައި ދިޔަ ލޯންޗުން ޖެހުމުގެ ސަބަބުން އެ މީހާގެ އަތެއްވެސް ބުރިވެގެން ހަށިގަނޑާއި ވަކިވެފައިވާކަމަށާ، މޫދުން ނެގި އިރުވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް އަސްލަމް ވިދާޅުވި އެވެ. 

ނިޔާވެފައިވާ ފަތުރުވެރިޔާ ރާއްޖެ އައިސް އުޅެނީ އޭނާގެ އަނބިމީހާ އާއި އާއިލާ އާއި އެކުގައި ކަމަށާ، އެމީހުންގެ ހާލަތު މިވަގުތު ވަރަށް ނާޒުކު ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 

މި މައްސަލަ އާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް ވިދާޅުވީ، ތުލުސްދޫ ގައި ސްނޯކްލިން އަށްގޮސް އޮތް ފަތުރުވެރިއެއް ގައިގައި އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއް ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު 11:10 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އަދި ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށާ، ނިޔާވެފައި ވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެއް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ފިސާރި
އެމީހާގެ ގޮހޮރު ވެސް އޮތީ ބޭރުގަ.މިދަނޑިވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވާށި އެވެ.އާމިން
29 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.