ޑޮކްޓަރ އަހްމަދް ފައިސަލް. ފޮޓޯ: އެޗްޕީއޭ
ހަބަރު
30 Jan 2023 | 12:37
ދަރިފުޅު ބަނޑުގަ ރިއްސާފަ ހޮޑުލަނީ ތަ؟ ޑޮކްޓަރުގެ އިރުޝާދަކީ މިއީ!

ކުޑަ ދަރިފުޅު ބަނޑުގައި ރިއްސާފަ ހޮޑުލާނަމަ ކަން ކުރަންވި ގޮތުގެ އިރުޝާދު ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރ ފައިސަލް ދެއްވަވައިފިއެވެ.

ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދް ފައިސަލް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައެއްކަ ކުދިން ބަނޑުގައި ރިއްސާފައި ހޮޑުލާތީ ފެނިއްޖެ ކަމަށެވެ. އަދި ބެލެނިވެރިނަށް އިރުޝާދު ދެއްވާފައިވަނީ ހޮޑުލާތީ ދޭ ބޭސްކޮޅެއް ދިނުމަށާއި ރަނގަޅަށް ދިޔާ އެއްޗެހިދިނުމަށެވެ. އަދި ފެންމަދުވެ ހީސްނުލާ 6 ގަޑިއިރަށްވުރެ ގިނަވަންޏާ ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބޭރަށް ހިންގުން ފެތުރޭތީ ސަމާލުކަން ދިނުމަށް އެދިފައެވެ. އަދި ބަލި ފެތުރުވުން ހުއްޓުވުމަށް ބާރު އެޅުމަށް ބަލިވެ އުޅޭނަމަ ސްކޫލަށް އަދި އޮފީސްތަކަށް ނުގޮސް އަރާމު ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ގިނަ ގިނައިން ލޮނު ޕެކެޓް، ޖޫސް އަދި ސޫޕުފަދަ ދިޔާ ތަކެތި ބޭނުން ކުރުމަށާއި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން އަތް ދޮވުމަށާއި ފާހާނާ ކުރުމަށް ފަހު އަތް ދޮވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އަދި ބޭރަށް ހިންގުމުގެ އިތުރަށް އާދަޔާއި ޚިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވޭ ވަރުވުމާއި، ކުޑަކަމު ދެވޭ މިންވަރު މަދުވުމާއި، ގިނަގިނައިން ހޮޑުލެވުމާއި، ހޮޑުގައި ނުވަތަ ބޮޑު ކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން، އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން ފަދަ ކަންކަން ފެންނަނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިރުޝާދު ދެއްވައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ