މުހައްމަދް ިނިޒާމް ޙަސަން. ފޮޓޯ: ފޭސްބުކް
ހަބަރު
30 Jan 2023 | 15:14
އެމްޑީޕީ ފުވައްމުލަކު ރައީސް ނިޒާމް ޕާޓީ އިން ވަކިވެ، މަޤާމުން އިސްތިއުފާދީފި

އެމްޑީޕީ ފުވައްމުލަކު ރައީސްގެ މަގާމުގައި ހުރި މުޙައްމަދް ނިޒާމް ހަސަން އެ މަގާމުން އިސްތިއުފާ ދީ ޕާޓީ އިން ވަކިވުމަށް ފޯމު ހުށައަޅައިފިއެވެ.  

އޭނާ މަޤާމުން އިސްތިއުފާ ދީ ލިޔެ ހުށައެޅި ސިޓީ އާއި އެކު އޭނާ ވަނީ ޓްވިޓާގައި އެކަން އިއްލާނުކޮށް ޓްވީޓް ކޮށްފައެވެ.

ނިޒާމް ވަނީ އޭނާ ޕާޓީއިން ވަކިވުމަށް އެދި ހުށައެޅި ސިޓީގެ ފޮޓޯއެއް ފޭސްބުކްގައި ހިއްސާ ކޮށްފައެވެ. އެގޮތުން އެސީޓީގައި ބުނެފައިވަނީ 2003 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، ފުވައްމުލަކު މާލެގަން އަވަށުގެ ރައްޔިތުން ވޯޓުލުމަށްޓަކައި ފުވައްމުލަކު ”މާލެގަމު މަރުކަޒު” ގައި ބެހެއްޓި ވޯޓް ފޮށި ކައިރީގައި އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޭނާއަށް ލިބުނުކަމަށާއި އެދުވަހު ބޭއްނު ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމުގައި، އޭރު ދައުލަތުގެ އިދާރާތަކުން ކަނޑައެޅި ކަމުގައި ވިޔަސް، އެ އިންތިޚާބު ޞައްޙަ ވެ، އަދި އޭގެ މައްޗަށް އުފެދުނު ދިވެހި ވެރިކަން ޞައްޙަ ވާނޭ ހަމަ އެއްވެސް ގޮތެއް އޭނާއަށް ނުވިސްނުމުން، އެދުވަހުން ފެށިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމާއި ދެކޮޅަށް ސިއްރާއި ފާޅުގައި އޭނާ ނިކުމެފައިވާނެކަމަށެވެ.

އަދި އެމްޑީޕީ އުފެއްދެވުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ކުރެއްވި މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރުގައި ޕާޓީ އުފެއްދި ދުވަހު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އޭނާ ބައިވެރިވިކަމަށްވެސް ނިޒާމް ގެ ސިޓީގައި ބުނެފައިވެއެވެ.

ނިޒާމް ޕާޓީން ވަކިވުމަށް އެދި ހުށަހެޅު ފޯމުގެ ފޮޓޯއެއް އޭނާ ފޭސްބުކުގައި އާއްމުކޮށްފައިވާއިރު އެ ފޯމުގައި ޕާޓީން ވަކިވާ ސަބަބެއްކަމަށް ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި އޭނާގެ ނަން އޮންނަން ބޭނުން ނުވާތީކަމަށެވެ.

މީގެއިތުރުން ނިޒާމް މަގާމުން ވަކިވިކަން އަންގާ ކުރި ޓްވީޓެއްގައި ވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގެ ސްކްރީން ޝޮޓްވެސް ހިމަނާފައެވެ.

ނިޒާމްއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެކެވެ. ފުވައްމުލަކުގައި ހުރެގެން ވަޒީފާ އަދާކުރާ ގޮތަށް ނިޒާމަށް އެ މަޤާމު ދީފައިވަނީ 2020 ވަނަ އަހަރުގެ މާޗު މަސް ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.