ކުޑަހުވަދޫ އެއަރޕޯޓް، ފޮޓޯ ދާލު އެއަރޕޯޓް
ހަބަރު
31 Jan 2023 | 08:30
ތިން އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ބީލަން ހުށައަޅައިފި!

ތިން ރަށެއްގައި އެއަރޕޯޓު އެޅުމަށް ބިންހިއްކުމަށް ބީލަން ހުށައަޅައިފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ އަތޮޅުތަކުގައި ސަރުކާރުން އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 4 އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 3 އެއަރޕޯޓަކަށް ބޭނުންވާ ބިން ހިއްކުމަށް ބީލަން ހުށައަޅައިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބިޑަށް ހުޅުވާލީ ހދ.މަކުނުދޫއާއި، ށ.ބިލެއްފައްސާއި ބ.ތުޅާދޫ އަދި ތ.ވިލުފުށީގެ އެއަރޕޯޓްގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމަށެވެ.. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ މި 4 ރަށުގެ ތެރެއިން 3 ރަށެއްގެ ބިން ހިއްކުން ކުރިއަށްގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށް 3 ފަރާތަކުން ބީލަން ހުށައަޅާފައިވާކަމަށެވެ. ލިބިފައިވާ ބީލަންތައް ބަލާ، އެކަށީގެންވާ ކުންފުންޏެއް ހޮވުމަށް ކުރިއަށްގެންދާ އިވަލުއޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ ފިނޭންސް މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީއާއި ގުޅިގެންކަމަށްވެސް ޕްލޭނިން މިނިސްޓްރީއިން ވިދާޅުވިއެވެ. ރެސްޓްރިކްޓެޑް ޓެންޑަރިންއަށް ކުރިއަށްގެންދިޔަ މި ބީލަމުގައި، ބީލަން ހުށައެޅޭނީ ކަނޑައެޅޭ ވަކި މިންގަނޑަކަށް ވަކި އަދަދެއްގެ ކުންފުންޏަށް ކަމަށެވެ.

ބިން ހިއްކާ ނިމުމާއެކު މި އެއަރޕޯޓްތަކުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަން ސަރުކާރުކަން ހާމަކުރައްވައެވެ.

ބީލަމަށް ހުޅުވާލާފައިވާ މި 4 އެއަރޕޯޓާއެކު ޖުމްލަ 8 އެއަރޕޯޓް މުޅިން އަލަށް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.