ޑރ. އަނާރާ ނައީމް ލިޔުއްވި ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޑރ. އަނާރާ
ހަބަރު
31 Jan 2023 | 09:05
ފިކުރު ބޮޑުވުމާ ގުޅޭގޮތުން ޑރ. އަނާރާ ލިޔުއްވި ފޮތް ނެރެދެއްވައިފި

ފިކުރު ބޮޑުވުމާ ގުޅޭގޮތުން ޑރ. އަނާރާ ނައީމް ލިޔުއްވި ފޮތް ނެރެދެއްވައިފިއެވެ.

ކަންބޮޑުވެ، ފިކުރު ބޮޑުވުމާއި އެކަމާ ގުޅޭ ހައްލުތަކާ ގުޅޭ ގޮތުން އަނާރާ ލިޔުއްި ފޮތަށް ކިޔަނީ "ފިކުރު ބޮޑުވުމާއި އެކަމުގެ ޙައްލު"އެވެ. މި ފޮތް ނެރެދެއްވީ އެ ނަފްސާނީ ދާއިރާގެ ތަޖުރިބާކާރު ޑރ. އައިޝަތު އަލީ ނާޒެވެ.

މި ފޮތް ނެރެދެއްވަމުން އަނާރާ ވިދާޅުވީ، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ހިޔާލަށް އައި ކަމެއް ކަމަށެވެ. އެ ދުވަސްވަރު ބޭރަށް ނުނިކުމެ ތިބެން ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީ މައްސަލައްތައް ދިވާމި ކަމަށާއި އެކަމުގެ ސަބަބުން ދިރިއުޅަށްވެސް އޭގެ އަސަރު ކުރި ކަމަށެވެ.

އެހެންކަމުން މިފަދަ ފޮތެއްގެ ބޭނުންތެރިކަން އެނގިވަޑައިގެން، ފޮތެއް ލިޔުއްވީ ކަމަށް އަނާރާ ވިދާޅުވިއެވެ.

އެ ފޮތުގައި އަމިއްލައަށް އެފަދަ މައްސަލަތަކާއި ކުރިމަތިލާނެ ގޮތާއި ކުރެވޭނީ ކީއްކަމާއި އަދި އިސްލާމީ ޝާރިޢަތުގެ ޢަލީގައި، އެފަދަ ޙާލަތްތަކުގައި ހިތްވަރު ހޯދޭނެ ގޮތްތައް ލިޔެފައިވެއެވެ. މީގެ އިތުރުން ކުރެހުންތަކާއި ވާހަކަތައް ވެސް އެ ފޮތުގައި ހިމެނިފައިވެއެވެ.

މި ފޮތް ގައުމީ ކުތުބުހާނާއާއި އެހެން ލައިބްރަރީތަކާއި ފޮތް ވިއްކާ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަނާރާ ނައީމް, ޕީއެޗްޑީ ހާސިލުކުރެއްވީ 2021 ވަނަ އަހަރުއެވެ.

އަނާރާ ޕީއެޗްޑީ ހާސިލު ކުރެއްވީ އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީގެ ދާއިރާ އިންނެވެ. ޕީއެޗްޑީއަށް އޭނާ ކިޔަވާ ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީންނެވެ.

އަނާރާ ވަނީ ގަތަރުން ގާނޫނާއި ޝަރީއާގެ ރޮނގުން ބެޗްލަސް ޑިގްރީ ވެސް ހާސިލް ކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ