ނ. އަތޮޅު ކަނޑޫދޫ---ފޮޓޯ: ގޯގުލް
ހަބަރު
31 Jan 2023 | 13:07
ނ.އަތޮޅުގެ ރަށްތައް ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެނުދިން

ނ. އަތޮޅުގެ ބައެއް ރަށްތައް ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް ހުށަހަޅާފައިވާ މައްސަލައިގައި، އަތޮޅު ކައުންސިލުން އެދުނު ގޮތަށް ރައްތައް ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.

ލާމަރުކަޒީ ގާނޫނާ ހިލާފަށް ނ.ދޮނައެރިކަނޑޫދޫ އާއި އެ އަތޮޅު ކެނދިވަރު ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ އެކަން ހުއްޓުވައި ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެގޮތުން ކައުންސިލުން ބުނި ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމަކަށް ވަނީ އަތޮޅެއްގެ ރަށްތަކާއި ފަޅުތަކާ މެދު ސަރުކާރުން ގޮތެއް ނިންމުމުގައި، ކައުންސިލްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި އޮތް އޮރު، އެގޮތަށް އަމަލުކޮށްފައި ނުވާތީއެވެ.

ކައުންސިލުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ، އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްވެސް ފަރާތަކަށް ރަށްތައް އެވޯޑް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި އެހެން ފަރާތެއްގެ މަސްލަހަތު އެ ދެ ރަށުގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.

ވަގުތީ އަމުރަށް އެދެމުން ކައުންސިލުން ބުނީ އަތޮޅުގެ ގިނަ ރަށްތައް މިހާރުވެސް ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ބުނެ ސިންގަލް ޕާރސަލް ކުއްޔަށް ދޫކޮށްފައިވާއިރު، އެތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް އަދި މަންފާއެއްވެސް ނުލިބި، އެރަށްތައް ޒަމާނުއްސުރެ ބޭނުންކުރަމުންދިޔަ ރައްޔިތުންނަށް އެތަންތަން ބޭނުންކުރުމުން މަހްރޫމްވެފައިވާ ކަމަށެވެ.

އަދި އެގޮތަށް ވަކި ފަރާތަކަށް ދިގު މުއްދަތައް ކުއްޔަށް ދޫނުކޮށް ހުރި މަދު ރަށްތަކުގެ ތެރޭގައި ކެނދިވަރާއި ދޮނައެރިކަނޑޫދޫ ހިމެނޭއިރު، އެ ދެ ރަށް ވިއްކުމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނުނިންމެނީސް ރަށްތައް ދޫކޮށްފިނަމަ، އެހެން ފަރާތްތަކެއްގެ މަސްލަހަތު އެ ރަށްތަކުގެ މައްޗަށް އިސްވެ، އަންނަ ހުކުމެއްގެ ބާރު ކުރިއާލާ ކަނޑައެޅޭނެ ކަމަށެވެ.

ނަމަވެސް މި މައްސަލާގައި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

މިކަމުގެ ސަބަބެއް ކަމަށް ކޯޓުން ބުނީ ކެނދިވަރަކީ ދަމަކް އޯޝަން ހައިސްޓް ކޮމްޕެނީ ލިމިޓެޑާއި، ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ޑިސެމްބަރު 22، 2022 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދެވިފައިވާ ރަށެއް ކަމުން އެރަށުގައި މިހާރުވެސް ތިންވަނަ ފަރާތެއްގެ މަސްލަހަތު އުފަންވެފައިވާތީ، އެފަރާތުގެ ހައްގަށް ރިއާޔަތް ނުކޮށް ކައުންސިލުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެދިނުމަކީ އެ ކުންފުންޏަށާއި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ވާތީ އެވެ..

އަދި ދޮނައެރިކަނޑޫދޫ އަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން، ނ.މާފަރު އެއާޕޯޓު ހިންގުމަށް ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑު ފޯ ޑިވޮލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު 12، 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން އޭޑީއެފް އަށް ދިނުމަށް ނިންމާފައިވާ ރަށެއްކަން ސިވިލް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.

މި ހާލަތުގައި ނ.އަތޮޅު ރައްޔިތުންގެ ހައްގުތައް މިނެކިރަން ޖެހޭނީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހައްގުތަކާ ކަމުގައިވާއިރު، މި ހާލަތުގައި ވަގުތީ އަމުރު ނެރެދެއްވުމުން ހިމާޔަތް ކުރެވޭ ވަގުތީ އަމުރު ނެރެދެވޭ ފަރާތުގެ މަސްލަހަތައްވުރެ މި މައްސަލައިގައި ވަގުތީ އަމުރެއް ނުނެރުއްވުމުން ހިމާޔަތްކޮށް ރައްކާކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑުކަން ދައުލަތުން ފާހަގަކުރާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.