ހަބަރު
31 Jan 2023 | 15:07
ކެންސަރާއި ގުޅުންހުރި ދަރިމައިވުމުގެ މައްސަލަތަކާއިގުޅޭ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ، ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ހާޢްސަ އޮންލައިން މައުލޫމާތު ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިޔުނިޓީ އިން ބުނީ، މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިގެންދާނީ، ކެންސަރާއި ގުޅުންހުރި ދަރިމައިވުމުގެ މައްސަލަތަކާއި، ފާޓިލިޓީ ޕްރިސަވޭޝަންގެ މައްޗަށް ކަމަށެވެ. 

އަދި މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ބައިވެރިވެޑައިގަންނަވާނީ އިންޑިއާގެ މިލާން ފަރޓިލިޓީ ހޮސްޕިޓަލް ގެ ކޮންސަލްޓަންޓް ރިޕްރޮޑަކްޓިވް މެޑިސިން އެންޑް ހައިރިސްކް އޮބްސްޓްރެޓިޝަން ޑރ.ޝިލްޕާ އެއްލޫރް އަދި އިންޑިއާގެ އެޗް.ސީ.ގީ ކެންސަރ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ގައިނިކް އޮންކޮލޮޖީ އެންޑް ރޮބޮޓިކް އެންޑް ލެޕްރޮޕްސްކޮޕިކް ސާޖަން ޑރ.އަބިލާޝާ ނަރާޔަން ކަމަށްވެސް ބުނެފައިވެއެވެ. 

ފާޓިލިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި ޑރ.ޝިލްޕާ މަސައްކަތްކުރައްވާތާ 13 އަހަރަށްވުރެ ގިނަވެފައިވާއިރު، އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ޕީސީއޯއެސް، ރިކަރަންޓް އިމްޕްލާންޓޭޝަން ފެއިލިއާ، ރިކަރަންޓް މިސްކެރީޖް އަދި ފިރިހެނުންގެ ދަރިމައިވުމުގެ މައްސަލަތަކާއި ގުޅޭ ކަންކަމަށް ޑރ. ޝިލްޕާ ހާއްސަކޮށް ބައްލަވައެވެ. 

މި ދާއިރާގައި 12 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ޑރ. އަބިލާޝާ ހާއްސަވެފައިވަނީ، ގައިނެކް އޮންކޮލޮޖީ އާއި ސާރވިކަލް ކެންސާ އަދި އޯވޭރިއަން ކެންސާގެ ސާޖަރީތަކަށެވެ. 

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ރޭ 21:00 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. ސެޝަންގައި ބައިވެރިވެޑައިގަންނަވާ ފަރާތްތަކަށް ޑޮކްޓަރުންނާއި ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ