ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ/ވޮއިސް
ހަބަރު
31 Jan 2023 | 16:30
އުއްމީދަކީ މާރިޗުމަހު ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވުން: ވަކީލުން

މި އަހަރުގެ މާރިޗު މަހުތެރޭގައި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ. 

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެތޯ ނޫސްވެރިއެއް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ބައިވެރި ވެވޭނެތޯ ނުވަތަ ނޫންތޯ އަކީ ވަރަށް ގިނަ ދިވެހިންގެ ހިތުގައި އުފެދިފައިވާ ސުވާލެއް ކަމަށެވެ. 

ޖަމީލް ވިދާޅުވީ އިސްތިއުނާފީ މަރުހަލާ އަކީ ޓްރަޔަލް ކޯޓުގެ މަރުހަލާ ތަކާއި ތަފާތު މަރުހަލާ ތަކެއް ކަމަށެވެ. އެގޮތުން، މައްސަލަާއި ގުޅިގެން ހެކި ހުށަހަޅައި ހެއްކަށް ޖަވާބުދިނުން ފަދަ ގިނަ ވަގުތު ނަގާ ކަންކަން ޓްރަޔަލް ކޯޓުގެ މަރުހަލާގައި ކުރިއަށްދިޔަ ނަމަވެސް، އިސްތިއުނާފީ ކޯޓުގައި ކުރިއަށްދާ މައްސަލަ ތަށް މާ ދިގުލައިގެން ނުދާނެ ކަމަށެވެ. 

އިސްތިއުނާފީ މަރުހަލާ 2 ނުވަތަ 3 އަށް ވުރެ ގިނަ އަޑުއެހުމަށްވުރެ ދިގެއް ނުވޭ ދިވެހިރާއްޖޭގައި. އެހެންވީމާ އަޅުގަނޑުމެން އުއްމީދު ކުރަން، ހަމަ ތެދަށް ދަންނަވަންޏާ މާރިޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް.

ޑރ. މުހައްމަދު ޖަމީލް އަހުމަދު 

ޖަމީލް އިތުރަށް ވިދާޅުވީ، މައްސަލައި ކުރިއަށް ދިޔައިރުވެސް ގޮސްފައިވަނީ އެހެން މައްސަލަ ތަކާއި ވަރަށް ތަފާތުކޮށް ކަމަށާ، މައްސަލައިގެ ޝަރީއަތް ނިމުނު ރިޕޯޓުގައި ވެސް ވަރަށް ގިނަ އައު ވާހަކަތައް ހުރި ކަމަށެވެ. ކަންމިހެން ހުރި ނަމަވެސް، މައްސަލައިގެ އިސްތިއުނާފީ މަރުހަލާގައި ކާމިޔާބު ވާނެ ކަމަށާ، އަދި ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ 11 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ނިމިދިޔަ ޑިސެމްބަރުމަހެ 25 ގައެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. 

ކޮމެންޓް
ޖަޢުފަރު
އުންމީދުކުރާހާކަމެއް އުންމީދުކުރާ ގޮތަށް ނުނިމިދިއުމަކީވެސް ވެދާނެ ގޮތެކެވެ
31 Jan 2023
ގުޅޭ ލިޔުންތައް
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ