މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އިންޓަނެޓު
ހަބަރު
02 Feb 2023 | 11:25
ވަކި މީހަކަށް ކާމިޔާބުވަންދެން އިންތިޚާބު ބޭއްވުމަކީ އެމްޑީޕީ ދެކޮޅު ހެދި ކަމެއް: ރޮޒޭނާ

ވަކި މީހަކަށް ކާމިޔާބުވަންދެން އިންތިޚާބުތައް ބޭއްވުމަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ދެކޮޅު ހަދަމުން އައި ކަމެއް ކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ގަނޑުބަޑުކޮށްފައިވާކަމަށް މި އިންތިޚާބުގައި ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ މެމްބަރުން ތުހުމަތުކުރައްވަމުން ދާއިރު، މިއީ އެމްޑީޕީގެ އާދަޔާއި ޚިލާފު ކޮންގްރެސް ބާއްވަންޖެހޭ ވަގުތުކަން ފާހަގަކޮށް ނަޝީދުގެ ނުރަސްމީ އެކައުންޓުން ކުރި ޓްވީޓަކާއި ގުޅިގެންނެވެ. 

އެ ޓްވީޓުގައި އެމްޑީޕީގެ އާދަޔާއި ޚިލާފު ކޮންގްރެސްއަށް ގޮވާލެވޭ ގޮތް ކަނޑައަޅާފައިވާ މާއްދާތައްވެސް ހިއްސާކޮށްފައި ވެއެވެ. 

އެކަމާއި ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އާދަޔާއި ޚިލާފު ކޮންގްރެސްއަކަށް ގޮވާނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމަށެވެ. ގައުމީ މަޖިލީހުގެ މެޖޯރިޓީއަށް ޕާޓީގެ އަސާސީ ގަވައިދު ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި އެފަދަ ކޮންގްރެސްއަކަށް ގޮވާލަން ޖެހޭފަދަ ހާލަތެއް އޮތްނަމަ ގައުމީ މަޖިލީހުން އެކަން ކުރައްވާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން ނެރޭނެ ކެންޑިޑޭޓު ހޮވައިފިކަމަށެވެ. 

ވަކި ބޭފުޅަކަށް ކާމިޔާބުވަންދެން އިންތިޚާބު ބޭއްވުމަކީ އެމްޑީޕީއިން ދެކޮޅުހަދަމުން އައި ކަމެއްކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެކަމާއި އެ ޕާޓީއިން ދެކޮޅު ވާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. 

"ވަކި ބޭފުޅަކަށް ކާމިޔާބުވަންދެން އިންތިޚާބު ބޭއްވުމަކީ މި ޕާޓީއިން ދެކޮޅު ހެދިކަމެއް، އަދި ދެންވެސް ދެކޮޅު ހަދާނެ ކަމެއް"

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ދެ ރައީސުން ވާދަކުރައްވާފައިވާއިރު، ތަފާތު ބޮޑުކޮށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެފަހުން ރައީސް ޞާލިހުވަނީ ގުޅިގެން މަސައްކަތް ކުރުމަށް ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. 

އެހެން ނަމަވެސް ނަޝީދު ވިދާޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިހާއެކު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފެއްދުމުގެ މަސައްކަތްޕުޅު އެމަނިކުފާނު ވަނީ ފައްޓަވާފައެވެ.

ނަޝީދުވަނީ އެ ގޮތްޕަށް ވީހާވެސް ގިނަ ބަޔަކު ގުޅުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
މިއަދު
ނަޝީދުގެ ފިރިހެންކަމަކީ ރޮޒައިނާ އެމްޑީޕީން ބާކީކުރުން ތިއީ ޑީއާރުޕީ ފުޑާލިގްރޫޕް މިހާރު އެއުޅެނީ އެމްޑީޕީ ފުޑާލަން
02 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.