ޝެއިޚު ޝަފީއު އަބްދުﷲ--
ހަބަރު
02 Feb 2023 | 13:31
ފުލުހުންނަކީ ތައުޙީދު ފަހުމުވެފައިވާ ބަޔަކަށް ހެދުމަކީ ހޯމް މިނިސްޓްރީގެ ޒިންމާއެއް: ޝެއިޚް ޝަފީއު

ބޭރު ޤައުމުތަކަށް ފޮނުއްވާ ފުލުހުންނަކީ އިސްލާމްދީނާއި މި ދީނުގެ ތައުޙީދު ރަނގަޅަށް ފަހުމުވެފައިވާ ފުލުހުންނަށް ހެދުމަކީ ދިވެހި ސަރުކާރާއި ފުލުހުންނާ ބެހޭ މިނިސްޓްރީ، ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާގެ ޒިންމާއެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޝަފީއު ވިދާޅުވެއްޖެއެވެ. 

އިންޑިއާއިން ތަމްރީނުތައް ފުރިހަމަކުރި ދިވެހި ފުލުހުންގެ ކިތްކުރީ ހިންދޫ ދީނުގެ އިއުތިޣާދާއި ގުޅިފައިވާ ތިކާލާ ޖެހުމާއި ގުޅިގެން ޝެއިޚް ޝަފީއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފަދަ އިސްލާމްދީނާއި އިސްލާމްދީނުގެ ތައުޙީދާ ފުށުއަރާ ޝިރުކުގެ ކަންކަން ނުވަތަ ޝިރުކަށް ވާސިލުވެދާ ފަދަ ކަންކަން ކުރާން ޖެހުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. 

"ޚަބަރު ލިބިފައިވާ ގޮތުގައި އެފަދަ ކަންކަން ކުރުމަށް ނުވަތަ ކުރެވުނަ ދިނުމަށް ބައެއް ފުލުހުން ދެކޮޅު ހެދުމުން އެ ކަންކަން އެ ފުލުހުންނާ މެދު ނުހިނގައެވެ." ޝެއިޚް ވިދާޅުވި އެވެ. 

ޝެއިޚު ޝަފީއު އިތުރަށް ވިދާޅުވީ، ޝިރުކުގެ ދީންތަކުގެ އަހުލުވެރީން އެބައިމީހުންގެ ދީނުގެ އިޢުތިޤާދުގައި ހިމެނޭ ޝިރުކިއްޔާތުގެ ކަންކަމުގައި ބައިވެރިކުރުވާން އުޅުމުން އެ ކަންކަމާ ދެކޮޅު ހެދުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމު ކަމެއް ކަމެއް ކަމަށާ، އެއީ ގާނޫނީ ޒިންމާއެއް ކަމަށް ފުލުހުންވެސް ދަންނަން ޖެހޭ ކަމަށެވެ. 

އަދި އެފަދަ ކަންކަމުގައި ބައިވެރިވުމަކީ ތައުޙީދުގެ ޢަޤީދާއިން ބޭރުވެ ކުފުރުގެ ތެރެއަށް ވެސް ހިނގައިދާނޭ ކަމެއް ކަމަށް ވާއިރު އެ ކަންކަމާ ފާޅުގައި ދެކޮޅު ހެދުމުގެ ހިތްވަރު ހުންނާން ވާނެ ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

މިއާއެކު ޝެއިޚް ވަނީ، ބޭރު ޤައުމުތަކަށް ފޮނުއްވާ ފުލުހުންނަކީ އިސްލާމްދީނާއި މި ދީނުގެ ތައުޙީދު ރަނގަޅަށް ފަހުމުވެފައިވާ ފުލުހުންނަށް ހެދުމަކީ ދިވެހި ސަރުކާރާއި ފުލުހުންނާ ބެހޭ މިނިސްޓްރީ، ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާގެ ޒިންމާއެއް ކަން ފާހަގަކުރައްވާފައެވެ. 

"އަދި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އެ ފުލުހުންނަށް އިރުޝާދު ދެއްވައި ނަސޭހަތްތެރިވުމަކީ ތި ބޭފުޅުންގެ ( ސަރުކާރާއި، ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާގެ) މައްޗަށް ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ލާޒިމުކުރާ ކަމެއް." ޝަފީއު ވިދާޅުވި އެވެ. 

މީގެ އިތުރުން، އެޤައުމުތަކުގެ އެ ކަމާ ބެހޭ އިދާރާތަކަށް ދިވެހި ފުލުހުންނަކީ މުސްލިމުން ކަމާއި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއް އަދި އިޙްތިފާލެއް އެ ފުލުހުންނާ މެދުގައި ހިންގައިގެން ނުވާނޭ ކަމަށް ވެސް އެ ފަރާތްތަކަށް އެންގުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

"ދިވެހީންގެ ވަޠަނާއި ދީނަށް ޙުރުމަތްތެރިކޮށް ހިތުމަކީ ފުލުހުންގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެކެވެ. އަދި އެއީ ފުލުހުންގެ ހުވާގައި ވެސް ހިމެނޭ ބައެކެވެ." ޝެއިޚް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.