މުހައްމަދް މަހުދީ، ފަރިޝްތާ ކ ތުލުސްދޫ
ހަބަރު
02 Feb 2023 | 16:57
އިންޑިޔާގެ ކޮޗިން އިން ގެއްލިގެން ހޯދަމުން ދިޔަ މަހުދީ ފެނިއްޖެ

އިންޑިޔާގެ ކޮޗިން އަށް ބޭސް ފަރުވާއަށް ގޮސްގެންއުޅުނު ކ ތުލުސްދޫ ފަރިޝްތާ، މުހައްމަދު މަހުދީ (35 އަހަރު) ފެނިއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އޭނާ ގެއްލިފައިވަނީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް ކައިރިން އެދުވަހުގެ 9:00 ހާއިރުއެވެ.

މަހުދީ އަކީ ބައިޕޯލާ ޑިސްއޯޑަރ ވަރަށް ބޮޑަށް ހުންނަ މީހެއް ކަމަށް އޭނާ ގެ އާއިލާއިން "ވޮއިސް" އަށް މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ އިންޑިޔާ އަށް ގޮސްފައިވަނީ އެ ކަމަށް ފަރުވާ ހޯދުމަށް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

އެދުވަހު ހެނދުނު އަމްރިތާ ހޮސްޕިޓަލްގައި ހުންނަ ޑޮކްޓަރ އަށް ދެއްކުމަށް އޭނާ ގެންގޮސްފައިވާ ކަމަށާއި،  ނަމަވެސް މަހުދީގެ ބަލީގެ ގޮތުން އޭނާ އަކީ ކުއްލި ކުއްލި އަށް ރުޅިއައިސް "ވައިލެންޓް" ކޮށް އުޅޭ މީހަކަށްވާއިރު، ޑޮކްޓަރ އަށް ދައްކަން ގޮސް އެތަނުގެ އެތެރޭގައި އެފަދަ ކަންކަން ހިނގާފައިވާ ކަމަށާ، އެއަށްފަހު ރުޅިއައިސް ހުރެ އޭނާ ހޮސްޕިޓަލުން ނުކުމެގެން ގޮސްފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

މަހުދީ ފެނުނުކަން ހާމަކޮށް އޭނާގެ އާއިލާއިން ހިއްސާކުރި ޕޯސްޓެއްގައިވަނީ މަހުދީ ފެނިއްޖެ ކަމަށާއި އޭނާ ފެނިފައިވަނީ އިންޑިޔާގެ ފުލުހުންނަށް ކަމަށެވެ. އަދި މަހުދީ ހޯދުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރި ވާކަމަށްބެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.