ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޑޮކްޓަރ ފައިސަލް
ހަބަރު
05 Feb 2023 | 09:11
ކުޑަ ކުދިންނަށް ވެސް ހަކުރު ބަލި ޖެހޭ! މިކަންކަން ފެންނަމަ ޑޮކްޓަރަށް ދައްކާލާ!

ކުޑަ ކުދިންނަށްވެސް ހަކުރުބަލި ޖެހޭ ކަމަށް ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރ ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ ފައިސަލް ކުރެއްވެވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުޑަ ކުދިން ޢާންމުކޮށް ފެންބޯވަރަށް ވުރެ ގިނައިން ފެންބޯނަމަ ހަކަރަށް ޓެސްޓުކޮށްލަން ވާނެ ކަމަށާއި، ކުޑަ ކުދިން ރޭގަނޑު ކުޑަކަމުދާން ގިނައިން ހޭލުމާއި ތަންމައްޗަށް ހީސްލެވުމަކީވެސް ހަކުރު ބަލީގެ ޢަލާމާތެއް ކަމަށެވެ.

ޑޮކްޓަރ ފައިސަލް އިތުރަށް ވިދާޅުވީ ކުއްޖާ ގެ ފަރުވާނުފެށި ކުއްޖާ ކޯމާއަށް ގޮސް އިންޓެންސިވް ކެއަރ ޔުނިޓް(އައިސީޔޫ) އަށް ލާ ވަރުވީމަ ޓެސްޓުކުރުން މާލަސްވާނެ ކަމަށެވެ.

ދިވެހިބަހުން ހަކުރު ބަލި ކިޔަނީ ޑައަބެޓީސް އަށެވެ. ޑައަބެޓީސް ޖެހެނީ، ހަށިގަނޑުން ފުދޭވަރަށް އިންސުލިން ނުއުފެއްދުމުންނެވެ. ނޫނީ އިންސުލިން ރަނގަޅަށް ބޭނުންކުރުމަށް ހުރަސް އެޅުމުންނެވެ. އެހެންވުމުން ވާގޮތަކީ، ލޭގައި ހަކުރުގެބައި ހުންނަން ކޮންމެހެންޖެހޭ މިންވަރަށް ހަކުރު ނުހުންނަނީ އެވެ.
އިންސުލިންއަކީ ހޯމޯނެކެވެ. އެއިންކުރާކަމަކީ، ކާއެއްޗެހީގައި އަދި ބޯއެއްޗެހީގައި ހުންނަ ކާބޯހައިޑްރޭޓްސް ހަކަތައަށް ބަދަލުކުރުމެވެ. ކާބޯހައިޑްރޭޓްގެ ތެރޭގައި ހަކުރާއި އޮލަ ހިމެނޭ (ތާނުގެ ބައި އެކުލެވޭ) ކާއެއްޗެހި ހިމެނެއެވެ.
ހަށިގަނޑަށް އެތެރެވާ ހަކުރުގެބައި ހަކަތައަށް ބަދަލުނުވެ ހަކުރުގެ ގޮތުގައި ހުރުމުން، ލޭ ހޮޅިތަކަށް ގެއްލުންލިބި ޞިއްޙީ މައްސަލަތައް މެދުވެރިވާން ފަށައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.