ލ ގަމުން ފެނުނު ބުދު: ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ
ހަބަރު
05 Feb 2023 | 16:04
ލ. ގަމުން ބުދުދީން ޒަމާނުގެ ބުދެއް ފެނިއްޖެ

ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް ލ. ގަމުން ފެނިއްޖެއެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ ޖަމިއްޔާއިން ބުނީ، ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިން އަޅުކަންކޮށް އުޅުނު ބުދެއް އިއްޔެ ލ. ގަމުން ފެނިފައިވާ ކަމަށެވެ. 

އެ ޖަމިއްޔާއިން އާއްމު ކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ފެނުމަށް އެއީ ތަޅާލެވިފައިވާ ނުވަތަ ހަލާކު ކޮށްލެވިފައިވާ ބުދެއް ކަމަށް ބެލެވެއެވެ. އަދި އެ ބުދުގެ ފެނިފައިވަނީ ބޯ އެކަނި ކަމަށްވާއިރު އޭގެ ފުޅާމިނުގައި 7 އިންޗި އަދި ދިގުމިނުގައި 6 އިންޗި ހުރި ކަމަށް ހެރިޓޭޖް މިނިސްޓްރީން އާއްމު ކޮށްފައިވާ ފޮޓޯތަކުން ހާމަވެއެވެ. 

ހެރިޓޭޖް ސޮސައިޓީ ބުނެފައިވާ ގޮތުގައި، އެ ބުދު ފެނިފައިވަނީ ގަމުގައި ހައުސިން ޔުނިޓް އެޅުމަށް ވެލި ފޫންޏެއް ގޮތަށް ހުރި ތަނެއް ކޮންނަމުން ދަނިކޮށެވެ. 

ދިވެހިރާއްޖެ އިސްލާމްވީ މީގެ 869 ވަނަ އަހަރު ކުރިން މީލާދީ ގޮތުން 1153 ވަނަ އަހަރުގައެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި އޭރު ރާއްޖޭގެ ރަސްގެފާނަކަށް ހުންނެވި ދަރުމަވަންތަ ރަސްގެފާނު ކަނޑައެޅުއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން އިސްލާމް ދީނަށް ވަނުމަށް ދައުވަތު ދެއްވައި ބުދު ދީނުގެ އާސާރުތައް ވަނީ ނައްތާލާފައެވެ.

ކޮމެންޓް
ގައުމު
މިއަދު ގައުމު މިދާ މިސްރާބަށް ބަލާއިރު ތިކަންކަން ރައްކާކުރާކަށްނޫވީ... ތިޔަ ތަޅާފުނޑުކޮށްލާ
05 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.