ހޯރަފުށީ ފުޓްސަލް ޓީމު
ކުޅިވަރު
07 Feb 2023 | 17:50
ވަށަފަރާއި ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ފައިނަލެއް: ހޯރަފުށީ ކޯޗު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ހއ. އަތޮޅު ގުރޫޕް ދޭއްގައި މިރޭ ވަށަފަރު ފުޓްސަލް ޓީމާއި ދެކޮޅަށް ކުޅޭ މެޗަކީ ހޯރަފުށީ ޓީމަށް ފައިނަލެއް ކަމުގައި އެޓީމުގެ ކޯޗު ބުނެފިއެވެ. ފުރަތަމަ މެޗުގައި އުތީމާއި ވަާދަކޮށް 2-2 ގެ ނަތީއްޖާއަކުން އެއްވަރުވުމުން މިރޭގެ މެޗުން މޮޅުވަން އެޓީމަށް ވަނީ މަޖުބޫރުވެފައެވެ.

ވޯއިސް އަށް މައުލޫމާތް ދެމުން ހޯރަފުށީ ފުޓްސަލް ޓީމުގެ ކޯޗު އަހުމަދު ސުޖާއު ބުނީ ގުރޫޕްގެ އެއްވަނަ ހޯދަން ބޭނުންނަމަ މިރޭގެ މެޗަކީ އެޓީމަށް މޮޅުވަން މަޖުބޫރު މެޗެއްކަމަށެވެ. ފުރަތަމަ މެޗުގައި އުތިމާއި ދެކޮޅަށް މިޓީމުގެ އަސްލުކުޅުމެއް ނުދެއްކުނު، ކުޅުންތެރިން ތަންކޮޅެއް ޕްރެޝަރުގައި ކުޅުނުތަން ފެނުނީ ވެދާނެ ފުރަތަމަ މެޗުވީމަކަމަށްވެސް ސުޖާއު ބުންޏެވެ. 

ހޯރަފުއްޓައި އުތީމް ވަދަކުރި މެޗުގެ ތެރެއިން

އިތުރަށް ވާހަކަދައްކަމުން ސުޖާއު ބުނީ މިރޭގެ މެޗުގައި ޓީމުން ބަދަލުތަކެއް ފެންނާނެކަމަށާއި އެޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ތަފާތު މިރޭ މެޗުގައި ފެނިގެންދާނެކަމަށެވެ. ފުރަތަމަ މެޗުގައިވެސް ކުޅުންތެރިންގެ މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހޭ ނަމަވެސް ލީޑު ލިބުމުން ބައެއް ފަހަރަށް ކޮންސެންޓްރޭޝަން އެބަގެއްލޭ... މިގުރޫޕްގައި މިތިބީ ވަރަށް ވަރުގަދަ ޓީމުތަކެއް ކޮންމެ މެޗެއްގައިވެސް ނަތީއްޖާ ނެރެން ބޭނުންނަމަ މެޗު ފެށުނީއްސުރެ ނިމެންދެން ސަތޭކަ ޕަސެންޓް ދޭންޖެހޭނެއެވެ. އަދި ފުރަތަމަ މެޗެކޭ އެއްގޮތަށް މިރޭގެ މެޗުގައިވެސް ސަޕޯޓަރުންގެ ތަރުހީބު ޓީމަށް ވަރަށް މުހިންމެވެ.

ހއ. އަތޮޅު ގުރޫޕް ދޭއްގައި މިރޭ ވަށަފަރު ފުޓްސަލް ޓީމާއި ދެކޮޅަށް ހޯރަފުށި ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 23:00 ގައެވެ. އަދި މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ގުރައުން ދޭއްގައި އެވެ.

މި މުބާރާތުގައި ހޯރަފުށީ ޓީމުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް އެމްވީ ހަމަޖައްސާފައިވާއިރު، އެޓީމުގެ ސްޕޮންސަރުންނަކީ ހޯރަފުށީ ކައުންސިލް، ކަލަރ ލޭންޑް މޯލްޑިވްސް، ޕިއްޒާ ކިޗެން އަދި ކައިކު މޮޓޯސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.