މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް-13 ގެ ކެމެރާމަނު ވެއްޓިފައި/ ފޮޓޯ: ވޮއިސް
ހަބަރު
07 Feb 2023 | 22:42
ޗެނަލް-13 ގެ ކެމެރާމަނަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދޭން ފަށައިފި!

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކުރަމުންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ޗެނަލް-13 ގެ ކެމެރާމަން އަހުމަދު މިސްބާހަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ. 

އިދިކޮޅުގެ މުޒާހަރާގެ މަންޒަރުތައް ކަވަރުކުރަމުން ދަނިކޮށް މިސްބާހުގެ ބޮލުގައި ފުލުހުން ވަނީ ޝީލްޑުން ޖަހާފައެވެ. އަދި އޭނާ ވެއްޓުނު ވަގުތު އުނގަނޑަށްވެސް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެބެ.

ފުލުހުން ޗެނަލް-13 ގެ ކެމެރާމަނަށް އަނިޔާކޮށްފައިވަނީ މުޒާހަރާތައް ކަވަރުކުރުމަށް ބޭނުންކުރާ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ކަރުގައި އަޅާފައި އޮއްވާކަން ފާހަގަކޮށްލެވެ އެވެ. 

އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް-13 ގެ ކެމެރާމަނު މިސްބާހު ވެއްޓިފައި

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅާފަ އެވެ. 

އެގޮތުން ޕާޓީ އޮފީސް ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭހެން ބެރިކޭޑުތައް ޖަހާ ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އަދި އިދިކޮޅުގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންވެސް ކޮށްފަ އެވެ. 

މިރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް-13 ގެ ކެމެރާމަނަށް ފުލުހުން ހުރަސްއަޅާ، އަނިޔާކޮށްފައިވާއިރު، ރިޔާސީ ބަޔާން އިއްވި ދުވަހު އިދިކޮޅުން ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް-13 ގެ ނޫސްވެރިއަކަށްވެސް ފުލުހުން ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. 

ފުލުހުން ދިން އަނިޔާތަކަށް ފަރުވާ ހޯދުމަށް އެ ނުސްވެރިޔާ މީހާރު ވަނީ ރާއްޖެއިން ބޭރަށް ފުރުވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ