17 އަހަރުން ދަށުގެ ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގައި ގުރައިދޫގެ އޮފިޝަލުންނާއި ކުޅުންތެރިން ރެފްރީއަށް ހަމަލާދެނީ
ހަބަރު
09 Feb 2023 | 11:22
ފުރައްސާރަ ކުރާތީ ދަރިވަރުންނަށް ދަނީ ނަފްސާނީ ގޮތުން ގެއްލުންވަމުން: ގުރައިދޫ ސްކޫލް

17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލާ ދެކޮޅަށް ގުރައިދޫ ސުކޫލް ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ގުރައިދޫ ސުކޫލުގެ ދަރިވަރުންނަށް ފުރައްސާރަ ކުރުމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް އެ ސުކޫލުން ބުނެފިއެވެ. 

އެފްއޭއެމް އިންޓަ ސކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައ ކަލާފާނު ސްކޫލުން 2-1 އިން ކ. ގުރައިދޫ ސްކޫލް ބަލިކުރި މެޗު ނިމުމާއެކު ގުރައިދޫ ސްކޫލުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވެގެން ރެފްރީ އަށް ހަމަލާދީ މާރާމާރީ ހިންގާފައިވެއެވެ. މިއީ ދިވެހި ފުޓުބޯޅަ ތާރީހުގައި ވެސް އިންޓަސްކޫލް ފުޓުބޯޅަ މެޗެއްގައި މާރާމާރީއެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ގުރައިދޫ ސުކޫލަށް އަމާޒުވެފައިވަނިކޮށް، އެ ސުކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އެ ސެމީ ފައިނަލް މެޗުގައި ހިނގައިދިޔަ އެއްވެސް ހަމަ ނުޖެހުމަކީ އެ ސުކޫލުން ތަރުހީބު ދޭ ކަމެއް ނޫން ކަމަށެވެ. އަދި އެ ސުކޫލަކީވެސް، ދަރިވަރުންނަށް ނޭދެވޭ އަމަލުތައް ކުރުމަށް ދަސްކޮށްދޭ އަދި އެކަންކަމަަށް ބާރުއަޅާ ހިޔާވައްސެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

އެހެން ނަމަވެސް މެޗަށްފަހު ހިނގައިދިޔަ ކަންކަމާއި ގުޅިގެން ބައެއް ޚަބަރުފަތުރާ މީޑިއާ ތަކާއި، މީސްމީޑިއާގައި، އެ ހަމަނުޖެހުންތަކުގައި ބައިވެރި ނުވާ ދަރިވަރުންނާއި އޮފިޝަލުންގެ ފޮޓޯތަކާއި، ނަން ބޭނުންކޮށް ހަގީގަތާއި ޚިލާފް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާ، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ސުކޫލުން ބުނެފައިވެއެވެ.  

"މިކަމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން ދަނީ ތަފާތު އެކި ގެއްލުންތައް ކުރިމަތި ވަމުންނެވެ. އެކި ފަރާތްތަކުން އެކުދިންނަށް ގުޅައި ދިމާކުރުމާއި، ކުދިންނަށް ތަފާތު ގޮތް ގޮތަށް ރައްދުވަމުންދާ ފުރައްސާރައިގެ ބަސްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ. ކަމުގެ ހަގީގަތް އޮޅޭގޮތަށް ޚަބަރުފަތުރަމުންދާ ނޫސްތަކާއި، ކުދިންނަށް ފުރައްސާރަ ކުރާ އެންމެހައި ފަރާތްތަކަށް ކަމާއި ބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ." ގުރައިދޫ ސްކޫލް ގެ ބަޔާނުގައި ވެއެވެ. 

17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވާ ހިންގާ މުބާރާތްތަކުން ކ. ގުރައިދޫ ސްކޫލް ވަނީ އެއް އަހަރަށް ސަސްޕެންޑްކޮށްފައެވެ. 

މީގެއިތުރުން އެފްއޭއެމުން ވަނީ އެ މެޗުގައި ހަމަނުޖެހުން ހިންގުމުގައި ހަރަކާތްތެރިވި ގުރައިދޫ ސްކޫލުގެ ތިން ކުޅުންތެރިއަކު ވެސް ސަސްޕެންޑުކޮށްފައެވެ. މި ތިން ކުޅުންތެރިންނަށް ކުރިޔަށް އޮތް ދެ އަހަރަށް އެފްއޭއެމުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ކުޅުން މަނާވާނެ އެވެ. އަދި އެފްއޭއެމުގެ މުބާރާތެއްގައި ގުރައިދޫ ސްކޫލް ތަމްސީލުކުރާ ހާލަތެއްގައި 10 މެޗު ހަމަވަންދެން އެ ސްކޫލުގެ އެއްވެސް ސަޕޯޓަރަކު މެޗު ކުޅޭ ސަރަހައްދަށް ނުވަދެވޭ ގޮތަށް އެ އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓް
ޥާފިރު
ޙުރިހާ ހަޑިއެއް ހާވާފަ ކޯންޗެކޭ މިހާރު މިކިޔަނީ، ތިހާ ރަނގަޅު ދަރިވަރުންތަކެއްނަމަ އެފަދަ ކަމެއް ނުކުރާނެ، ހަގީގަތް ފޮރުވުމަށް ނޫސް ބަޔާން ނެރުމަކުން ނުފުދޭ..ޒިންމާދާރު ވެބަ..
09 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.