ޕޯސްޓަރ: އެހީ ޖަމިއްޔާ
ހަބަރު
10 Feb 2023 | 07:00
ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މިސްކީނެއްގެ ކެއުން ހަމަޖެއްސޭނެ ގޮތެއް އެބަ ހޯދަންތަ؟

ގެއްލިފައިވާ ރޯދައިގެ ބަދަލުގައި މިސްކީނެއްގެ ކެއުން ހަމަޖެއްސޭނެ ގޮތް އެހީ ޖަމިއްޔާ އިން ފަހިކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ. 

އެހީ ޖަމިއްޔާ އިން ބުނީ، މިއީ އެ ޖަމިއްޔާއިން މެދު ނުކެނޑި 10 އަހަރު ވަންދެން ކުރަމުން އައި މަސައްކަތެއް ކަމަށެވެ. އެގޮތުން ގެއްލިފައިވާ ކޮންމެ ރޯދައަކަށް -/75 ރުފިޔާއަށް މިސްކީނެއްގެ ކެއުން އެ ޖަމިއްޔާ އިން އަންނަނީ ހަމަޖައްސައިދެމުންނެވެ. 

ގެއްލުނު ރޯދައިގެ ބަދަލު މިސްކީނަކަށް ކާންދޭން ބޭނުންވާ ނަމަ، ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު 7803433 އަށް ރޯދައިގެ ޢަދަދު ޖެހުމަށް ފަހު ވައިބާރ ކޮށްލުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އެހީ ޖަމިއްޔާ އިން ބުނެއެވެ. 

ބީ.އެމް.އެލް އިސްލާމިކް އެކައުންޓް ނަމްބަރ: 7770000014821

އެކައުންޓް ނަން: އެހީ ޖަމިއްޔާ 

މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5، ހަރަކާތް ރާވާ ހިންގުމުގެ ހަރަދު ތަކަށް ބޭނުންކުރެވިގެން ދާނެ ކަމަށްވެސް އެހީ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

2012 ވަނަ އަހަރު އުފެއްދި އެހީ ޖަމިއްޔާ އަކީ، ހިއުމެނިޓޭރިއަން ނުވަތަ އިންސާނިއްޔަތަށް ހިދުމަތް ކުރަން ރާއްޖޭގައި މަސައްކަތް ފެށި ފުރަތަމަ އަމިއްލަ ޖަމިއްޔާ އަށް ވާނެ އެވެ. އެހީ ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް "އެހީ ޖަމިއްޔާ" ގެ ތެރެއިން އެ ފުރުސަތު ހޯދައިދީ ނިކަމެތިންނަށް ޖަމާއީ ގޮތެއްގައި އެ ޖަމިއްޔާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި އުޅޭ ނިކަމެތިންނަށް އެހީ ފޯރުކޮށްދީ، ނިކަމެތިންގެ ދިރިއުޅުން ތަރައްގީކޮށްދިނުމަށް އެޖަމިއްޔާއިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.