އަދުރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Feb 2023 | 12:01
"ހަމީދުގެ އޯޑަރަށް ތަބާވުމުގެ ކުރިން އޭނަ ކުރި ވައްކަންތައް ފުލުހުން އޮޅުން ފިލުވަން ޖެހޭ"

ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އޯޑަރަށް ތަބާވުމުގެ ކުރިން ފުލުހުންގެ އިދާރާއިން އޭނާކުރި ވައްކަންތަކުގެ ވާހަކަ ފުލުހުން ހޯދާ އޮޅުންފިލުވަން ޖެހޭކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ފުލުހުންގެ އިސް ވެރިއެއްގެ ގޮތުގައި މިއަދު ހުންނެވި ހަމީދަކީ މީގެ ކުރިން ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައިގެން އެ އިދާރާއިން ކަނޑާލާފައި ހުރި މީހެއްކަމަށެވެ. އޭނާ އަކީ ގައުމަށް ގައްދާރުވެފައިވާ މީހެއްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. 

"ފުލުހުންގެ އިދާރާއިން ވައްކަން ކޮށްގެން ހުރި މީހެއް އޭނާ އަކީ. އޭނާ އަކީ ބޮޑު ވަގެއް. ފުލުހުންގެ އިދާރާގައި ހުރި މުހިންމު މައުލޫމާތު ވަގަށް ނެގީ. އެ ހާމަކުރީ. އެ ދޭން ނުޖެހޭ ފަރާތްތަކަށް ދިނީ. އެވަރުގެ ނުބައި ނުލަފާ ޚާއިނެއް އެއީ. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ ހަމީދުގެ އެއްވެސް އޯޑަރަކަށް ތަބާވުމުގެ ކުރިން އޭނާ ފުލުހުންގެ އިދާރާގައި ހުރެގެން ހިންގި ވައްކަންތަކުގެ ވާހަކަ ދިވެހި ފުލުހުން އޮޅުންފިލުވަން ޖެހޭކަމަށެވެ. 

"އޭނަ ކުރެން ގޮސް އަހާލަބަލަ ކަލޭ ކުރީ ކީއްހެއްޔޭ؟ ކަލޭ ތީ ގައުމުގެ ޚާއިނެއްހޭ؟ މިތާ ހުރި ސިއްރު މައުލޫމާތު ބޭޒާރުކޮށްގެން ހުރި މީހެއްހޭ؟ ދެން ކިހެނެއްހޭ ތިމަންނަމެން ކަލޭ ބުނާ ކަމެއް ކުރާނީ؟ އެވަރުގެ ުބައި ނުލަފާ މީހެކޭ ކަލޭތީ.. ކަލެއަކަށް ކިޔަމަން ވެވޭކަށް ނެތޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ހަމީދަށް ފުލުހުންގެ އިދާރާގައި ނުހުރެވޭނެ ކަމަށެވެ. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ލޯބި ލިބޭ ގަދަރުވެރި ތަނަކަށް ހެދޭނީ އެ މުއައްސަސާއަށް ޚިޔާނާތްތެރިވި މީހުން ބޭރުކޮށްގެންކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވަނީ ގައުމު އިސްލާހުކުރުމަށް އިދިކޮޅުން ކުރަމުން ދާ މަސައްކަތްތަކާއި ފުލުހުންވެސް ގުޅިވަޑައިގަތުމަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.