ސޫޤް އަލް ހަބަޝާ
ހަބަރު
12 Feb 2023 | 15:55
ރަސޫލާ ޞޢވ ގެ ޒަމާނުގެ ބާޒާރެއް ހުރިތަން ސައިންސްވެރިން ހޯދައިފި

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ނަބީކަމައިގެން ވަޑައިގަތުމުގެ ކުރިން ސުރެ މައްކާގެ އަހުލުވެރިން ބޭނުން ކުރަމުން ދިޔަ "ސޫޤް އަލްހަބަޝާ" ހިންގަމުންދިޔަ ތަން ސަޢޫދީޢަރަބިއްޔާގެ ސައިންސްވެރިންތަކެއް ހޯދައފިއެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އިސްލާމް ދީނަށް ގޮވާލެއްވުމުގެ މަސައްކަތައް ފެއްޓެވުމުގެ މާކުރިން "ސޫޤް އަލްހަބަޝާ" ބޭނުން ކުރެވެމުންދިޔައެވެ. އަދި އިސްލާމް ދީނުގެ ކުރީ ކޮޅުގައިވެސް މިތަން ދިޔައީ ބޭނުން ކުރެވެމުންނެވެ.

"ސޫޤް އަލްހަބަޝާ" ހޯދިފައިމިވަނީ ކިންގް ޢަބްދުލް ޢަޒީޒް ފައުންޑޭޝަން ފޯ ރިސަރޗް އެންޑް  އާކައިވްސް އާއި ސަޢުދީގެ މިނިސްޓްރީ އޮފް ކަލްޗަރ އަދި ހެރިޓޭޖް ކޮމިޝަނާއި ގުޅިގެން ހިންގި މަސައްކަތެއްގެ ތެރެއިންނެވެ.

ސޫޤް އަލްހަބަޝާ އަކީ އެތަކެއް ޒަމާނެއް ވެފައި ހުރި ތަނެކެވެ. އޭރު އެޒަމާނުގައި އެތަނަކީ މޫސުމީ ބާޒާރެއްގެ ގޮތުގައި ބޭނުން ކުރެވުނު ތަނެކެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޙަދީޖާ ރަޟިޔަالله ޢަންހާގެ މުދާ ހިއްޕަވައިގެން ވިޔަފާރި ކުރައްވަން ވަޑައިގެންނެވީ މި ސޫޤަށެވެ. ސޫޤް އަލްހަބަޝާއަކީ ތިހާމާ ރީޖަން ގައި އޮންނަ އެންމެ ބޮޑު އެއް މާރކެޓެވެ. ކޮންމެ އަހަރަކުވެސް ރަޖަބް މަހުގެ ފުރަތަމަ 8 ދުވަހު މި މަރކެޓް ދިޔައީ ބާއްވަމުންނެވެ. ހިޖުރައިން 197 ވަނަ އަހަރާއި ހަމައަށް މި ސޫޤް ކުރިއަށް ގެންދިޔައެވެ.

"މިފަދަ ތާރީޚީ މައުލޫމާތު އެއްކޮށް ހަދަންވަނީ ކަނޑައެޅިފައި އޮންނަ ޚާއްސަ މެތަޑޮލޮޖީއެއްގެ ދަށުން، އެހެންކަމުން މި ޑިޕާޓްމެންޓުން ވާނީ މީގެ ކުރިންވެސް މިފަދަ މަސައްކަތްތައްކޮށް ތަޖުރިބާހޯދާފައި، އެގޮތުން އުކާޒް ބާޒާރުގެ މައުލޫމާތު ތައް އެއްކޮށްވެސް ހެދުނު، އަދި މީގެ އިތުރުން ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ސިޔަރަތުގައި ބަޔާންވެގެންވި ބައެއް އެހެން ތަންތަން ވެސް ހޯދައި އެތަންތަނާއި ބެހޭ މައުލޫމާތު ވާނީ ޑޮކިޔުމެންޓް ކުރެވިފަ" މި މަސައްކަތުގައި ބައިވެރިވި ފަހްދް އަލް ސަމާރީ ވިދާޅުވިއެވެ.

"ގިނަ ބައެއްގެ ބައިވެރިވުމާއި އެކު ކުރެވުނު މި މަސައްކަތުން މިވަނީ ސޫޤް އަލްހަބަޝާ ހޯދިފައި، މިއީ އެއްބައިވަންތަ ކަމާއި އެކު މަސައްކަތް ކުރުމުން ކާމިޔާބު ވާނެ ކަމުގެ މިސާލެއް، މިމަސައްކަތުގައި ތާރީޚް ޢިލްމުވެރިން، ދިރާސާކުރާ މީހުން، ޖޯގްރަފީޢިލްމުވެރިން ގެ އިތުރުން ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ސިޔަރަތުގެ ޢިލްމުވެރިން ވެސް ބައިވެރިވެފައި، ކޮންމެ ބޭފުޅަކީވެސް ސައިޓާއި ގުޅުން ހުރި އައުއެއްޗެއް ބުނެދެއްވައި މިއީ ސީދާ އެތަންކަން ދެނެގަތުމަށް އެހީވެދެވޭނެ ބޭފުޅެއް" ޓީމުގެ މެމްބަރެއް ކަމަށްވާ އަބްދުالله އަލްޒަހްރާނީ ވިދާޅުވިއެވެ.

ސޫޤ އަލް ހަބަޝާ ހޯދުމަށް އެކި ފަހަރު މަތިން ސައިންޓިސްޓުން މަސައްކަތްކުރަމުން ގެންދާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ތާރީޚީ މިފަދަ މާރކެޓްތައް ހުރީ ގަސްގިނަ، ވޯޓަރފޯލް ފަދަ ތަންތަނާއި ކައިރީގައެވެ. ސޫޤް އަލް ހަބަޝާ އޮންނަނީ އަރްދިޔާތްގެ ވާދީ ޤަނޫނާގެ ދެކުނު އައްސޭރީގައެވެ. އެއީ މައްކާގެ ކޯސްޓަލް ސިޓީ އެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ