ދަމަނަ ވެށިން ޙިދުމަތް ދެނީ---ފޮޓޯ: ގޫގުލް
ހަބަރު
14 Feb 2023 | 12:55
ދަމަނަ ވެށިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ގަޑިއަށް ބަދަލެއް

ދަމަނަ ވެށިން އާންމުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ދަމަނަ ވެށިން ނެރުން އިއުލާނެއްގައި މިއަދުން ފެށިގެން ދަމަނަވެށީގައި ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފެށުމަށް ހަމަ ޖެހިފައިވާތީ، އާއްމުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ގަޑިތަކަށް އައި ބަދަލުތައް ވަނީ އާންމުކޮށްފައެވެ.

އެގޮތުން ހެނދުނު 8:30 އިން މެންދުރު 12:00 އަށް އީޕީއައި އަދި އޮޕްޝަނަލް ވެކްސިންގެ ޙިދުމަތް ދިނުމަށް ހަމަ ޖެހިފައިވެއެެވެ.

އަދި ހެނދުނު 8:30 އިން މެންދުރު 14:30 އަށް ކުޑާކުދިންގެ ގްރޯތްމޮނިޓާރިން ޙިދުމަތް، އާއިލާ ރޭވުމާ ބެހޭ ޙިދުމަތް، އާއްމު ބަލިތަކަށް ޑޮކްޓާރަށް ދެއްކުމުގެ ޙީދުމަތް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ.

މީގެ އިތުރުން ހެނދުނު 8:30 އިން މެންދުރު 12:30 އަށް ޓްރެވަލް ވެކްސިންގެ ހިދުމަތް ދެވިގެން ދާނެއެވެ.

އެން.ސީ.ޑީ ކްލިނިކް، ޓޮބޭކޯ ސިޒޭޝަން ކްލޮނިކް، އެޑޮލަސަންޓް ކްލިނިކްގެ ޙިދުމަތް ދެވިގެން ދާނީ ހެދުނު  8:30އިން މެންދުރު 13:30 އަކަށެވެ.

މިއާއިއެކު އެޕޮއިންޓްމެޓް ހަމަޖެހޭ ގަޑިތަކުގައި ހެނދުނު 8:30އިން މެންދުރު 13:30 އަށް ކައުންސެލިންގެ ޙިދުމަތް އަދި ސައިކޯސޯޝަލް ސަޕޯޓް ސަރވިސްގެ ޙިދުމަތް ދެވިގެން ދާނެއެވެ.

ބޮޑެތި މީުން އަދި ކުޑަކުދިންގެ ކޮވިޑް ވެކްސިން ދިނުމުގެ ޙިދުމަތް ދެވިގެން ދާނީ މެންދުރު 13:30 އިން މެންދުރު 15:00 އަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.