މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު: ފޮޓޯ/ މަޖިލިސް
ހަބަރު
16 Feb 2023 | 13:46
ބައްޕަ އަދާލަތަށް ވެއްދި ފޯމުގައި ސޮއިކުރި މީހަކު ހޯދާ، ފިޔަވަޅުއަޅާނަން: ޠާރިގު

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގެ ބައްޕަ، ވަގަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

ޓޮމްގެ ބައްޕަގެ 2021 ވަނަ އަހަރު އަދާލަތު ޕާޓީއަށް ވައްދާފައިވާކަން އެގޭ ލިޔުންތަކާއިއެކު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އޭނާގެ ބައްޕަ، އދ.މަހިބަދޫ، ކަންމަތީގެ، އިބްރާހިމް އާދަމްގެ އެއްވެސް ހުއްދައަކާއި ނުލައި އަދާލަތު ޕާޓީއަށް ވައްދާފައިވާތީ އެ މައްސަލަ ބަލައިދޭން އޭނާގެ ބައްޕަ މިހާރު ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށެވެ.

އަދި އޭނާގެ ބައްޕަ އެ ޕާޓީއަށް ވައްދަން ލާފައިވާ ފޯމުގައި ސޮއިކުރި މީހަކު ހޯދައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް އޮޅުވާލައިގެން ޕީޕީއެމް މެންބަރުން ތަކެއް ވައްދާފައިވާ މައްސަލަ ތަކެއްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅިގެން ޕީޕީއެމްގެ މެންބަރުން ނުރުހުންފާޅުކޮށްފައިވާއިރު އަދާލަތުން ބުނަނީ އޮޅުވާލައިގެން ޕާޓީއަށް މެންބަރުން ނުވައްދާ ކަމަށެވެ.

ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް އިން މިހާރު ވަނީ ވަރުގަދަ ފިޔަވަޅު ތަކެއްވެސް އަޅާފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ވަންނަން އެދި ޕާޓީތަކުން ހުށަހަޅާ ފޯމްގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމަށް ފޯމްގައިވާ ފޯން ނަމްބަަރަށް އެސްއެމްއެސް ކުރުމާ އީސީގެ ވެބްސައިޓްގައި ފޯމްގެ މައުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދޭ ގޮތަށްވެސް މިހާރު ވަނީ ހަދާފައެވެ. 

އެއާއެކު، ޕާޓީތަކުން ލިބޭ މެމްބަރޝިޕް ފޯމްގެ އަދަދު ބޮޑުތަނުން ކުޑަވެފައިވާކަންވެސް އީސީން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ކޮރަކަލި
ތޯރިގުއަކީ ކޯޓުތޯ މީހުނާއި މެދު ފިއަވަޅުއަޅަން
16 Feb 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.