މުހައްމަދު މަމްދުހް (މަންޑޭ)
ކުޅިވަރު
06 Mar 2023 | 14:24
ރާއްޖޭގެ ފުޓްސަލް ތަރިންގެ ލިސްޓަށް މަމްދޫހް

މުހައްމަދު މަމްދުހް (މަންޑޭ) އަކީ މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދަކުރަމުންދާ ރ.އިނގުރައިދޫ ޓީމުގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އުމުރުން 26 އަހަރުގެ މަންޑޭ ވަނީ މި މުބާރާތުގައި އަތޮޅު ބުރުގެ ފަސް މެޗުގައި ވެސް އިނގުރައިދޫ ޓީމަށް ލަނޑުޖަހަދިނުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައިދީފައެވެ.

ފުރަތަމަ މެޗުގައި އިންނަމާދޫ އަތުން 8-0 ގެ ނަތީއްޖާއަކުން އިނގުރައިދޫ މޮޅުވި މެޗުގައި މަންޑޭ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު ދެވަނަ މެޗުގައި މީދޫ ކޮޅަށް އެއް ލަނޑު ކާމިޔާބުކުރިއެވެ. އަދި ތިންވަނަ މެޗުގައި އަލިފުއްޓާއި ވާދަކޮށް 3-0 ގެ ނަތީއްޖާއަކުން އިގުރައިދޫ މޮޅުވި މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އިރު އެމެޗުގެ މޮޅު ކުޅުންތެރިއާގެ މާގާމު ލިބުނީ ވެސް މަންޑޭ އަށެވެ. އަދި އަތޮޅު ބުރުގެ ފަހު މެޗު އަދި ފައިނަލްގައި ދުވާފާރާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް މަންޑޭ އެއް ލަނޑު ކާމިޔާބުކުރުއެވެ.

ސްކޫލްގައި އުޅުނު އިރުން ފެށިގެން ފުޓްބޯޅަ ކުޅެން ޝައުގުވެރިކަން ހުންނަ މަންޑޭ އަކީ ރަށު ފެންވަރުގެ އިތުރުން އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. މިގޮތުން ރަށުން ބޭރުގައި ބޭއްވުނު މުބާރާތެއްގައި މަންޑޭ އެންމެ ފުރަތަމަ ކުޅުނީ ރ.އަތޮޅު މަޑުއްވަރީގައި ބޭއްވުނު ފުޓްސަލް މުބާރާތެއްގައި އެފްސީ ޔުނައިޓެޑަށެވެ.

މީގެ އިތުރުން ރ.އަތޮޅުގެ ރިސޯޓްތަކަށް ޙައްސަކޮށްގެން 2022 ވަނަ އަހަރު ބޭއްވުނ ރާބަނދި ޗެލެންޖްގައި ދިގަލި މޯލްޑިވްސް ޓީމަށް ކުޅެދީފައިވާއިރު އެޓީމުގެ ކެޕްޓަނަކީ ވެސް މަންޑޭއެވެ.

ފުޓްސަލްގައި މަންޑޭ ހޯދާފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި 2019 ވަނަ އަހަރު ރ.މަޑުއްވަރީގައި ބޭއްވުނު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އިރު 2022 ވަނަ އަހަރު އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި މަންޑޭ ހިމެނިފައިވެއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 އަކީ މަންޑޭ މާލެގައި ކުޅޭ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫ ހޯދި އިރު ޒޯން ފައިނަލްގައި އޭދަފުއްޓާއި ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް ލަނޑު ޖެހުމުގެ އިތުރުން ދެވަނަ ލެގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް މަންޑޭ އަށެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ ދެވަނަ ބުރުގައި މި މަހު 8 ވަނަ ދުވަހު ފޭދޫ އާއި ދެކޮޅަށް އިނގުރައިދޫ ނިކުންނައިރު މަންޑޭގެ އުންމީދަކާ ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށް ރަށުު ޓީމާއި އެކު މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމް ރާއްޖޭގެ ޗެންޕިއަންކަން ހޯދުމެވެ.

ކޮމެންޓް
ހަސަން
މަންޑޭ މުޅި އިނގުރައިދޫ ޒުވާން ޓީމާ އެކުގައި ސާބަހޭ ތިކުރާހިތްވަރަށް އައްސަރިބަހު ސާބަސް އަދި ހަމަ ވޮއިސް ނޫހުގެ މިނޭޖުމަންޓަ ވަރަށް ބޮޑަ ޝުކުރިއްޔާ!!!
06 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.