އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން
ހަބަރު
18 Feb 2023 | 10:32
ތިޔައީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު އިންޑިޔާގެ ޑިފެންސް މިނިސްޓަރެއް ނޫން: އިހުސާން މާރިޔާއަށް

ދިވެހި ސިފައިންގެ ތެރޭގައި އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި އަލީ އިހްސާން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަލީ އަށް ވަރުގަދަ ރައްދެއް ދެއްވައިފިއިވެ.

އިހުސާން މާރިޔާއަށް ވިދާޅުވެފައިވަނީ "ޑިފެންސް މިނިސްޓަރަށް ހަނދުމަފުޅުކޮށް އަރުވަން، ތިޔައީ "ދިވެހިރާއްޖޭ"ގެ ޑިފެންސް މިނިސްޓަރު، އިންޑިޔާގެ ޑިފެންސް މިނިސްޓަރެއް ނޫން" މިހެނެވެ.،

އިހުސާން މިމޭރުމުން މާރިޔާއަށް ރައްދުދެއްވާފައި މިވަނީ ރޭ ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް އެމްޑީޕީގެ ޓީކެޓް ހަވާލު ކުރުމަސް ބޭއްވި ޖަލްސާގައި، ދާދި ފަހަކުން އިންޑިޔާ އަށް ބޭސް ފަރުވާ އަށް ގޮސް ހުއްޓައި ހައްޔަރު ކޮށް ޑިޕޯޓު ކޮށްލި އަބްދުއްޞަމަދުގެ މައްސަލައިގައި ޞަމަދުއަށް ރައްދުވާ ގޮތަށް ވާހަކަ ދެއްކެވެމުގައި ހަޖޫޖެއްސެވުމާއި ގުޅިގެންނެވެ.

 މިނިސްޓަރ މާރިޔާގެ ވާހަކަގައި ވިދާޅުވީ  ތިޔަބޭފުޅުންނަށް މިދޭތެރެއިން މީޑިއާތަކުގައި އުޅުނު ވަރަށް ބާރަށް ކޮންމެ ރެޔަކު އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއް، ތުނބުޅި ބާލައްވައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށެވެ. ދެން އެނބުރި ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށާއި، މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

 "ކެމެރާތައް ހުރީ އަޅުވާފައި. [ސަމަދުބެ] ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،" ސަމަދުއަށް ހަޖޫޖައްސަވަމުން މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ މިބަސްފުޅާއި ގުޅިގެން އިހުސާން އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ސަލާމަތީ ޚިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސަވައި، ބޭރުގެ އަސްކަރިއްޔަތަކަށް ސަނާ ދެންނެވުން ބަލައެއް ނުގަނެވޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.