ޖޭޕީގެ ބައްދަލުވުމެއްގެ ތެރެއިން--(ފޮޓޯ ޖޭޕީ)
19 Feb 2023 | 12:14
ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތި ލައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ 4 ވަނަ ޤައުމީ ކޮންފަރެންސްގެ އިންތިޙާބުގައި ޑެޕިޔުޓީ ލީޑަރުގެ މަޤާމަށް 12 ބޭފުޅެއް ކުރިމަތި ލައްވައިފި އެވެ.

އެގޮތުން މިއަދު ޖޭޕީއިން މި މަޤާމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް، ކެންޑިޑޭޓު ނަންބަރާއި އެކު ލިސްޓް އާންމު ކޮށްފައެވެ.

މި ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ:

1. ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ

2. ޖޭޕީގެ ލީޑަރުގެ ނައިބު ޙުސައިން ރަޝީދު ޙަސަން

3. ކުރީގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމް

4. ޖޭޕީގެ ލީޑާރުގެ ނައިބު އަމީން އިބްރާހިމް

5. ޖޭޕީގެ މިހާރު ނައިބު ރައީސް އަޙްމަދު ސަޢުދު

6. އިމިގްރޭޝަން ކޮޓްރޯލާ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ)

7. ޖޭޕީގެ އިސްދޫ ދާއިރާގެ ޢަލީ ޙަމީދު

8. ޖޭޕީގެ މެމްބަރު ޔަޝްފާ އަބްދުލްޣަނީ

9. ޤާސިމްގެ އެގްޒެކެޓިވް ސެކްރެޓާރީ އިޤްބާލު އާދަމް

10. ސްޓޭޓް މިނިސްޓަރ ޙަސަން މުޣުނީ

11. ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ އަޙްމަދު

12. ޖޭޕީގެ މެމްބަރު ޢަލީ ޝާޙް

ޑެޕިއުޓީ މަޤާމް ގެ އިތުރުން ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލުމަށްވެސް ހުޅުވާ ލެވުނެވެ. ނަމަވެސް މިކަމަށް ސުންގަޑި އިއްޔެ ހަމަވެފައިވާއިރު، މި މަގާމަށް ޖޭޕީގެ މިހާރުގެވެސް ލީޑާރު ގާސިމް ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވާތީ ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ވަނީ ހޮވިފައެވެ.

ޖުމްހޫރީ ޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ ޕާޓީއިން ވަކި ކެންޑިޑޭޓެއް ނެރެގެން ކަމެއް ނުވަތަ އެހެން ސިޔާސީ ޕާޓީއަކާއި އެކު ކޯލިޝަން ހަދައިގެން ކަމާމެދު އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓް އަކަށް ވާނީ ޕާޓީގެ ލީޑަރެވެ. އެގޮތުން، 2008 ވަނަ އަހަރު އާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީގެ ލީޑަރު ގާސިމް ވާދަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.