އައިޖީއެމްއެޗް-- ފޮޓޯ/ ރާއްޖެއެމްވީ
ހަބަރު
19 Feb 2023 | 17:03
އައީޖީއެމްއެޗްގައި ވަސީލަތްތައް ނެތީގެން ޑޮކްޓަރުންނާ ނަރުހުން އެހީއަށް އެދެނީ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެޗްގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ބައެއް ވަސީލަތްތައް ނެތިގެން ޑޮކްޓަރުންނާ ނަރުހުން އާއްމުންގެ އެހީއަށް އެދެން ފަށައިފިއެވެ.

އައިޖީއެމްއެޗް ގެ ހޭނައްތާ ޑޮކްޓަރު އިސްމާއީލް ލަތީފު ރައީސް އޮފީހާއި، ހެލްތު މިނިސްޓްރީ އަދި ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ ޓުވިޓާ އެކައުންޓް ތައް ޓެގް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ބޭނުންކުރާނެ ޔޫއެސްޖީ މެޝިނެއް އެއް އިރަކުވެސް ނުހުންނަ ކަމަށެވެ.

އެހެން ނަމަވެސް އެއީ ވަރަށް ބޮޑަށް ބޭނުންވާ މެޝިނެއް ކަމަށާ، އެ މެޝިން ނެތުމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދި ކޮންމެވެސް ފަރާތަކުން އެ ހޮސްޕިޓަލަށް އެފަދަ މެޝިނެއް ހަދިޔާކޮށްދެއްވުމަށްވެސް ޑޮކްޓަރު އެދިލެއްވި އެވެ.

އައިޖީއެމްއެޗް ގައި މިހާރު ޔޫއެސްޖީ މެޝިނު ހުންނަނީ އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދޭ ޑިޕާޓްމެންޓުގައި އެކަންޏެވެ.

އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް އެހެން ހުރިހާ ޑިޕާޓްމެންޓަކަށް ގެންދަނީ ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމެންޓުގައި ހުރި މެޝިން ކަަމަށް ވާއިރު، އެފަދައިން ހުރިހާ ތަނަކަށް ދުއްވުމުގެ ސަބަބުން އެ މެޝިން މިހާރު ދަނީ ހަލާކުވަމުންކަމަށް ޑރ. އިސްމާއިލް ވިދާޅުވިއެވެ. 

ޑރ. އިސްމާއީލް ގެ ޓުވީޓް ރިޓުވީޓް ކުރައްވައި އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ނަރުހަކުވެސް ވަނީ ބަލި މީހުން އުފުލުމަށް ބޭނުންކުރާ ޕޭޝަންޓް ލިފްޓާއެއް އެހޮސްޕިޓަލަށް ބޭނުންވާކަމަށް ބުނެ، އެ ނެތުމުން ދަތިތަކާއި ކުރިމަތިވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ނަރުސ  އިތުރަށް ބުނީ މިފަދަ ވަސީލަތްތަކަކީ އަމިއްލަ ބޭނުމަށް ހޯދާ ތަކެތި ނޫންކަމަށާއި އެއީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންތެރި އެއްޗެހި ކަމަށެވެ.

އައިޖީއެމްއެޗްގައި ވަސީލަތްތައް ނެތުމުގެ ސަބަބުން އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދަށްވެ، މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އުނދަގޫ ތައް ތަހައްމަލް ކުރަންޖެހޭ މައްސަލަތައް ދޭތެރެއިން ފެންމަތިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.