ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީގެ ލީޑަރުން. (ފޮޓޯ/ ޕީއެސްއެމް)
ހަބަރު
20 Feb 2023 | 11:31
ރައީސް ޞާލިހުގެ ސިޓީއެއް ކޯލިޝަންގެ ލީޑަރުންނަށް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭ ސިޓީއެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ކޯލިޝަން ބައިވެރިންނަށް ފޮނުވައިފި އެވެ.

އެމްޑީޕީއާ އެކު މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް ފޮނުވާފައިވާ މި ސިޓީގައި ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް ރައީސް ވަނީ ދައުވަތު ދެއްވާފައެވެ. 

ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކަށް ރައީސް ޞާލިހު ސިޓީފުޅެއް ފޮނުވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބާރު އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާގައި ވަނީ ރައީސް ޞާލިހަަށް ދެއްވާފަ އެވެ. 

2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަން ހެދުމަށް އެމްޑީޕީ ޤައުމީ މަޖިލީހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ބާރު ދެއްވިއެވެ. އަދި އެފަހަރުގެ އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވީވެސް ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއެކު ހެދި ކޯލިޝަނަކާއި އެކުގައެވެ. 

އައު ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިފަހުން އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ވާދަކޮށްގެން %50 އަށްވުރެ ގިނަ ވޯޓް ހޯދައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިފައެއް ނުވާއިރު، ރައީސް ޞާލިޙްގެ ވިސްނުންފުޅަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަނަކާއެކު ވާދަކޮށް ވެރިކަމަށް ވަޑައިގަތުންކަމަށް މީގެކުރިން ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ ހާމަކުރައްވާފައެވެ.

އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން މިހާތަނަށް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތެއް ނިންމާފައެއް ނުވާއިރު، ދާދި ފަހުން ރައީސް ޞާލިހު ގެ އަރިސް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ބައްދަލު ކުރައްވާފައެވެ. 

އަދި އެ ބައްދަލުވުމަކީ އުއްމީދީ ބައްދަލުވުމެއް ކަމަށާ، އެމްޑީޕީގެ މިސްރާބު ހުރީ ކޯލިޝަން އާއިއެކު އެމް.ޑީ.ޕީއަށް އެއްބުރުން އިންތިޚާބް ކާމިޔާބު ކުރުމަށް ކަމަށް ބައްދަލުމުގައި ބައިވެރިވެވަޑައިގެންނެވި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ