އެމް.އެސް.ޕީ
ވިޔަފާރި
06 Mar 2023 | 14:00
އެމް.އެސް.ޕީ އަކީ ކޮބާ؟

އަޅުގަނޑުމެންގެ ލޯމަތިން އަބަދު ފެންނަން ހުއްޓަސް، ޓިނަކީ އެއާއިމެދު އާއްމުކޮށް މީހުން ވިސްނައި އުޅޭ އެއްޗެއްނޫނެވެ. 

އެއީއާއްމު ދިރިއުޅުމުގައި ބޭނުންކުރާ އެއްޗަކަށް ނުވުމުންކަމަށް ވެދާނެ އެވެ. ނަމަވެސް ގެ ރާނައި ނިމުމުން އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ ވިހާވެސް އަވަހަކަށް ހިޔާކުރުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ތެރެއިން އެސްޓީއޯ އަދި ރެއިންބޯ ފަދަ އެތައް ތަނަކުން ކޮޓޭޝަން ހޯދައި ރަގަޅު އަގެއް ދޭ ފަރާތަކުން ޓިނުނަގައެވެ. ނަމަވެސް މީއީ ކޮންތަނަކުން އައި ކޮންބައެއް ތައްޔާތުރުކުރި ޓިނެއްތޯ ބަލައިލަނީ ކިތައްމީހުންތޯއެވެ؟

އާއްމު ގޮތެއްގައި އެނގިފައި އޮންނަނީ، މި ގަނެވެނީ އެސްޓީއޯ ނުވަތަ ރެއިންބޯގެ ޓިނުކަމެވެ. އެކަމަކު މި ދެކުންފުންޏަކީ ހަމައެކަނި ޓިނު ވިއްކުމުގެ މަސައްކަތް ކުރާ ދެ ކުންފުނިކަންއެނގިލައްވާތޯއެވެ؟

މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕލޑ ނުވަތަ އެމް.އެސް.ޕީ އިން ރާއްޖޭގައި ޓިނު އުފައްދާތާ 22 އަހަރު ވެއްޖެ އެވެ. އެމް.އެސް.ޕީ އަކީ އެސްޓީއޯ އަދި ރެއިންބޯ ގުޅިގެން، 2000 ވަނަ އަހަރު އުފައްދާފައިވާ ޖޮއިންޓްވެންޗާރ ކުންފުންޏެކެވެ.

ތިލަފުށީގައި ޓިނު އުފެއްދުމުގެ މަސައްކަތްކުރާ އެމް.އެސް.ޕީގެ އޮފީސް ހުންނަނީ އަލިކިލޭގެފާނުމަގުގެ މާރލިންސްޕައިކް ބިލްޑިންގް 2 ވަނަ ފަންގިފިލާގައިއެވެ.  ޓިނުއުފެއްދުމުގައި، އެމް.އެސް.ޕީއައްވުރެ ތަޖުރިބާކާރު އެހެން ކުންފުންޏެއް ރާއްޖޭގައި ނެތެވެ. ނަމަވެސް އެމް.އެސް.ޕީއަކީ ކޮންބައެއްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންނަށްތޯއެވެ؟

އެމް.އެސް.ޕީއިން 4 ބްރޭންޑެއްގެ ޓިނާއިއެކު އޭގެ އެކްސެސަރީސްވެސް އުފައްދައެވެ. އެއީ ކަލަރބޮންޑް، ޒިންކަލޫމް، ޑިއުރަޑެކް އަދި ގަދަޓެކް ބްރޭންޑުގެ ޓިނެވެ.

މީގެތެރެއިން ކަލަރބޮންޑް އަދި ޒިންކަލޫމް ޓިނަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަންހޯދާފައިވާ އޮސްޓްރޭލީއާގެ ބްލޫ ސްކޯޕް ކުންފުނީގެ ޓިނެކެވެ.

މިއީ އެތަކެއް ދިރާސާތަކެއްކޮށް، ރާއްޖެފަދަ ލޮނުގެ އަސަރު ވައިގައި ހިފާފައި ހުންނަ ތަންތަނަށާއި، ފުރާޅުން ރޭވިގެންދާ ވާރޭފެން ބޭނުން ކުރާ ފާރާތްތަކަށް ހާއްސަކޮށް އުފައްދާފައިވާ ޓިނެކެވެ.

ކަލަރބޮންޑުގެ 7 ކުލައެއް ލިބެންހުރެއެވެ. ޑިއުރަޑެކް ބްރޭންޑް އަކީ އަގުހެޔޮކޮށް ކުލަޓިނުގަންނަން ބޭނުންވާފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ޓިނަކަށް ވާއިރު، ގަދަޓެކް ޓިނަކީ އާދައިގެ މަގުހިމަ ޓިނަށްވުރެ މޮޅު، ޒިންކް-އެލުމިނިއަމް ބޭނުންކޮގެން އުފައްދާފައިވާ ޓިނެކެވެ. މީގެއިތުރުން އެމް.އެސް.ޕީއިން އާއްމުކޮށް އުފައްދާ އެކްސެސަރީސްގެ ތެރޭގައި ތިންބި، ފެންފަށް، އަރި ކިންބީގެ އިތުރުން ދިޔަދޮވިއާއި އަޑި ދިޔާދޮވި ހިމެނެއެވެ. 

އެމް.އެސް.ޕީ ޓިނާއިބެހޭ އިތުރުމައުލޫމާތު އެމް.އެސް.ޕީގެ ވެބްސައިޓް www.msp.com.mv ލިބެން ހުންނާނެއެވެ. އަދި 3337720 އަށް ގުޅުއްވައިގެންވެސް މައުލޫމާތު ސާފުކުރެވިދާނެއެވެ. އެމް.އެސް.ޕީ ޓިނު ލިބެންހުންނާނީ އެސްޓީއޯ އަދި ރެއިންބޯގެ ފިހާރަތަކުން އެކަންޏެވެ.    

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.