އެންމެ ފަހުން އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން/ ފޮޓޯ: ވޮއިސް
ހަބަރު
20 Feb 2023 | 16:07
ބޭރުމީހުންނަށް ތިލަފުށިން ބިން "ތިޔަހެން ނުވިއްކޭނެ" ކަމަށް ބުނެ އިދިކޮޅުން ނިކުންނަނީ!

ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކުމާއި ދެކޮޅަށް "ތިޔަހެން ނުވިއްކޭނެ" ޝިއާރު ދަށުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއުލާނުކޮށްފި އެވެ. 

އެ ހިނގާލުން އިއުލާނުކޮށްފައި ވަނީ އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ހަރަކާތް އޮންނާނީ އަންނަ ހުކުރުދުވަހުގެ ހަވީރު ފުރަމާލޭގައިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. 

ބިން ވިއްކުމާއި ދެކޮޅަށް އިދިކޮޅުން ބާއްވާ ހިނގާލުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، އެ ހިނގާލުމަކީ އިދިކޮޅުން ބާއްވާ އެހެން ހަރަކާތްތަކެކޭ އެއްގޮތަށް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށެވެ. އަދި މިހާރު އެހަރަކާތް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އިދިކޮޅުންގެ މި ހަރަކާތަށް ފުލުހުންގެ އެއްބާރުލުން ލިބޭނެކަމަށް ގަބޫލު ކުރައްވާކަމަށެވެ. އެހެން ނަމަވެސް، ފުލުހުންގެ އެއްބާރުލުން ނުލިބުނަސް އިދިކޮޅުގެ އެ ހަރަކާތް ކުރިއަށް ގެންދާނެކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އެއާއެކު އޭނާ ވަނީ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވާފަ އެވެ. 

މުހައްމަދު އިސްމާއިލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ 

"އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ދިވެހި ރައްޔިތުން، ޚާއްސަކޮށް ވިލިމާލެ، މާލެ އަދި ހުޅުމާލޭގައި ދިރިއުޅެއްވާ އެންމެހާ ރައްޔިތުން މި ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިވެދިނުން. އަޅުގަނޑުމެންގެ މިނިވަންކަމާއި ގުޅުންހުރި ވަރަށް ބޮޑު ވާހަކަތަކެއް ދެކެވެނީ، ވަރަށް ބޮޑު ކަންތައްތަކެއް މި ކުރެވެނީ. އެހެންވީމަ ވީހާވެސް ގިނަ ރައްޔިތުން ހުކުރު ދުވަހުގެ 3:45 އަށް މި ޕާޓީ (ޕީޕީއެމް) އޮފީސް ދޮރުމައްޗަށް ވަޑައިގެންދެއްވުމަށް އެދި ދައުވަތުއަރުވަން"

އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް

އިދިކޮޅުން ބުނީ ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކަން ސަރުކާރުން ނިންމީ ގާނޫނާއި ޚިލާފަށް ކަމަށެވެ. އަދި އެ ބިންތައް ނުއަގުގައި ވިއްކާލުމަށް ނިންމާފައިވަނީ އިންޑިއާގެ ކުންފުނިތަކަށްކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ތުހުމަތު ކުރެއްވި އެވެ. 

އޭގެ އިތުރުން އިދިކޮޅުން ބުނީ ނުއަގުގައި ތިލަފުށިން ބިން ވިއްކުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއީ ހުއްޓުވަން ޖެހޭ ކަމެއްކަމަށެވެ. 

ބިން ވިއްކުމާއި ދެކޮޅަށް އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބޮޑު މުޒާހަރާއެއް އިއުލާނުކޮށްފައިވާއިރު، އެ ކޯލިޝަނުން ބުނީ އެކަމާއި ދެކޮޅަށް ސިލްސިލާގޮތެއްގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އިދިކޮޅުގެ ގާބިލުކަން ހުރި ވަރަކުން، މަޖިލީސްތެރެއިން ވެސް ބިން ވިއްކުން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނެކަމުގެ ޔަގީންކަން އިދިކޮޅުން ވަނީ ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.