މީގެ ކުރިން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ލަމްހާ
ހަބަރު
20 Feb 2023 | 20:19
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާއާ ދެކޮޅަށް އޭނާގެ އެކުވެރިއަކު ހެކިބަސް ދީފި

ދެހާސް އެކާވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލާފައިވާ، އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސްގެ މައްސަލައިގައި ދައުވާ ރައްދުވާ ހަލީމަތު ލަމްހާއާ ދެކޮޅަށް އޭނާގެ ރަހުމަތްތެރިއަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި، އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ މާވިން އެސްވައި ވާގަސްގެ މައްޗަށް އުފުލާފައި ވާއިރު މާވިންގެ ލޯބިވެރިއެއް ކަމަށްވާ، އައިޖީއެމްއެޗްގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހަލީމަތު ލަމްހާއަށް ކުރާ ދައުވާތަކަކީ، އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި އަދި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ހެކިބަސް ދިނީ ލަމްހާގެ ރަހުމަތްތެރި ފުލުހެކެވެ. އޭނާގެ ވާހަކައިގައި ފާހަކަ ގޮށްފައިވާ ގޮތުގައި، ލަމްހާއާއި މާވިންގެ ލޯބީގެ ގުޅުން މޭރީއަށް ފަޅާއެރުމުން، އެކަން އެމީހުން މަސައްކަތް ކުރި އައިޖީއެމްޗްއަށް އަންގާނެ ކަމަށް މޭރީ ބުނުމުން، އެކަން ހައްލު ކުރުމަށް މޭރީހާ ވާހަކަ ދައްކަން ލަމްހާ ބުނިކަން ފާހަގަ ކުރިއެވެ.

ލަމްހާގެ އެކުވެރި ފުލުސްމީހާ އެކަމުގައި މޭރީއާ ވާހަކަ ދައްކުމަށްފަހު ލަމްހާއާ ވާހަކަ ދެއްކުމުން، މާވިންއާ އޮތް ލޯބީގެ ގުޅުން ކަނޑާލާނެ ކަމަށް ލަމްހާ ބުނެފައި ވާކަމަށް ފުލުސް މީހާ ވަނީ ކޯޓުގައި ބުނެފައެވެ.

އޭނާ ބުނިގޮތުގައި މޭރީ މަރުވި ދުވަހު ލަމްހާ އޭނާއަށް ގުޅާފައި، މޭރީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދީގެން މާވިން ޑީޕޯޓްކޮށްލަން އުޅެނީ ކަމަށް ބުންޏެވެ. އަދި ފަހުން، މޭރީ މަރުވި ވާހަކަ އޭނާއަށް ގުޅާފައި ބުނީ ވެސް ލަމްހާ ކަމަށް ހެކިވެރި ފުލުސް ބުންޏެވެ.

ލަމްހާ އެގޮތަށް ބުނުމުން އައިޖީއެމްއެޗަށް ދިޔައިރު އެތަނުން ލަމްހާއާ ދިމާވުމުން، މޭރީ ދަންޖެހިގެން މަރުވީ ކަމަށް ލަމްހާ ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ހޮސްޕިޓަލްގައި މޭރީގެ ހަށިގަނޑު ބާއްވާފައި އޮއްވާ އޭނާއަށް ދެއްކީ ވެސް ލަމްހާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.