ގދ. ނަޑެއްލާ: ފޮޓޯ/ ނަޑެއްލާ ކައުންސިލް
ހަބަރު
21 Feb 2023 | 09:50
ނަޑެއްލާ ބޯ ފެނަށް ޖެހިފައިވާތާ ދެ ހަފްތާ؛ ފެން ލިބޭނެ އިރެއް ނޭނގެ

ގދ.ނަޑެއްލާއިން ފެން ހުސްވެ އެ ރަށު ރައްޔިތުންނަށް ބޯ ފެން ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާތާ ދެ ހަފްތާ ވެއްޖެއެވެ. 

ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޯ ފެނަށް ޖެހިފައިވާ ކަމަށެވެ.

އެގޮތުން ރައްޔިތުން ދިރިއުޅެމުންދާ ގޭގެއިން ފެން ހުސްވެފައިވާއިރު، އާއްމު ތާނގިން ވެސް މިހާރު ފެން ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާކަން ސަރުކާރުގެ ކަމާއި ބެހޭ ފަރާތަށްވެސް އަންގާފައިވާ ކަމަށާ، ސަރުކާރުން މިހާރު އަންނަނީ ފެނަކައާއި ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައިވާ ކަމަށް އަންޝައު ވިދާޅުވިއެވެ. 

އަންޝައު އިތުރަށް ވިދާޅުވީ، އެހެން އަހަރުތަކުގައިވެސް އެ ވާރޭ ނުވެހި ގިނަ ދުވަސް ވުމުން ރަށް ފެނަށް ޖެހޭ ކަމަށާ، އެހެން އަހަރު ތަކުގައި ފެނަކައިން ފެން ފޯރުކޮށްދޭ ކަމަށެވެ. އެހެންނަމަވެސް، އެގޮތަށް ފެން ފޯރުކޮށްދިނުމަށް ސަރުކާރާއި ފެނަކަާއި ވެފައިވާ އެއްބަސްވުން ހަމަވެފައިވާތީ އާއި، އެރަށުގައި ފެން ޕްލާންޓް އެއްވެސް ހުންނާތީއާއި އެކު އެކަން އަދިވެސް ހަމަ ޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެން އަހަރު ތަކުގައި ސަރުކާރުގައި އެދުނީމާ ފެނަކައިން ފެން ފޯރުކޮށްދޭ. އެކަމަކު މިހާރު ފެނަކައާއި ސަރުކާރާއި ވެފައިވާ އެ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވެފައިވަނީ. ދެން މިރަށަކީ ފެން ޕްލާންޓެއްވެސް ހުންނަ ރަށެއް. މިހާރު އިންނަ ގޮތުން، ފެން ޕްލާންޓް ހުންނަ ރަށް ރަށަށް އެގޮތަށް ފެން ފޯރުކޮށެއް ނުދޭ. އެކަމަކު މިރަށު ހަދާފައި ހުރި ފެން ޕްލާންޓް އަދި ބޭނުން ކުރާކަށް ނުވެއް ފަށާ. އެހެންވީމާ އެއިންވެސް ފެން ނުލިބޭ." އަންޝައު ވިދާޅުވިއެވެ. 

އަންޝައު ވިދާޅުވީ، ފެން ޕްލާންޓް ވެސް މާ ގިނަ ދުވަހެއް ނުވެ ބޭނުން ކުރަން ފަށާނެ ކަމުގެ މައުލޫމާތު ލިބޭ ކަމަށާ، އެހެން ނަމަވެސް އެއީ ކޮން އިރެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އެ ރަށަށް ފެން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް، އެއީ ކޮންއިރަކު ކަންވެސް އެނގިފައި ނުވާއިރު، ބެލެވޭ ގޮތުގައި މި ހަފްތާގައިވެސް ލިބިދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. 

ފެން ހުސްވެގެން އެ ރަށު ގިނަ ގޭގޭގެ މީހުން މިހާރު ބޭނުން ކުރަމުން އަންނަނީ ގަންނަ ފެން ކަމަށްވެސް އަންޝައު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް