ވެނެޒުއޭލާގައި އެމެރިކާއިން ބަޣާވާތެއް ގެންނަން އުޅޭކަމުގެ ތުހުމަތު

27 Jan 2019 | 08:08

ވެނެޒުއޭލާގެ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން އިންތިޚާބުކުރި ރައީސް ނިކްލޮސް މަދޫރޯގެ ރައީސްކަން ގަބޫލުނުކޮށް އެގައުމުގެ އިދިކޮޅު ޕާޓީގެ ވެރިޔާއަކީ ރައީސްކަމަށް އެމެރިކާއިން ގަބޫލުކުރުމުން ދުނިޔޭގެގައުމުތަކުގެ ފާޑުކިއުން އެމެރިކާއަށް ކުރިމަތިވެއްޖެއެވެ.

ތުރުކީގެ ބޮޑުވަޒީރު ރިސެޕް ތައްޔިބް އޮރްދޮޣާން ވެނެޒއޭލާގެ ރައީސަށް ގުޅުއްވައި ވިދާޅުވީ ތުރުކީން ގަބޫލުކުރާނީ އެގައުމުގެ ރައްޔިތުން އިންތިޚާބު ކުރި ރައީސްކަމަށެވެ. " އަޅުގަނޑުގެ ބްރދަރ މަދޫރޯ، ގަދަކޮށް ހުންނަވާ. އަހަރެމެން މިތިބީ ކަލެއާއެކު" ތުރުކީގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ. އޮރޮދޮޣާން ވިދާޅުވީ ޑިމޮކްރެޓިކް ޕްރޮސެސްއަށް އިހްތިރާމް ކުރެވެންޖެހޭނެކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް ތަނެއްގައި ބަޣާވާތެއް ހިންގާނަމަ އެބަޣާވާތާއި ދެކޮޅުވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިންވެސްވަނީ ވެނެޒުއޭލާގެ ރައީސަށް ތާއީދުކުރާކަން ފާޅުކޮށްފައެވެ. އެމެރިކާއިން ނެރެފައިވާ ސްޓޭޓްމަންޓަކަށް ރައްދުދެމުން ކްރެމްލިންގ އިން ވަނީ ވެނެޒުއޭލާ ސަރުކާރާދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ. މިއީ ބައިނަލް އަގުވާމީ ގާނޫންތަކާއި ޚިލާފްކަމެއްކަމަށްވެސް ބުނެފައިވެއެވެ. ރަޝިޔާ ގަބޫލުކުރަނީ ވެނެޒުއޭލާގެ ގާނޫނީ ސަރުކާރަކީ ރައީސް މަދޫރޯގެ ސަރުކާރު ކަމަށެވެ.

ޗައިނާއިންވެސްވަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔާފައެވެ. ޗައިނާއިން ބުނެފައިވަނީ އެގައުމުން އަބަދުވެސް ބަލަނީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެތެރެއަށް ނުވަނުމަށްކަމަށެވެ. ވެނެޒުއޭލާގެ ސަރުކާރަކީ އެގައުމުގެ ރައްޔިތުން އިންތިޚާބު ކުރި ސަރުކާރުކަމަށް ޗައިނާއިން ބަލައިގަންނަކަމަށްވެސް ބުންޏެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްވަނީ ހުރިހައި ފަރާތަކުންވެސް ރުޅިއިސްނުކޮށް ހަމަޖެހޭ ސުލްހައެއް ހޯދުމަށް ގޮވާލާފައެވެ.

ވެނެޒުއޭލާގައި ދިމާވެގެން އުޅެނީ އެގައުމުގެ އިދިކޮޅު ޕާޓީގެ ލީޑަރ އޭނާއަކީ ރައީސްކަމަށް އަމިއްލައަށް އިއުލާންކުރުމެވެ. އެއާއެކު އެމެރިކާވަނީ އިދިކޮޅު ލީޑަރއެއީ އެގައުމުގެ ސަރުކާރުކަމަށް ބަލައިގެންފައިވާކަން އިއުލާންކޮށްފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒިރު އދގެ ސަލާމަތީ މަޖިލީހަށް ގޮވާލީ ގައުމުތަކުން ލަސްނުކޮށް އަވަހަށް ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ އެގައުމުގެ ސަރުކާރުގެ ވެރިޔާކަމަށް ގަބޫލުކުރުމަށެވެ. އެމެރިކާއިން ރިކްއެސްޓްކޮށްގެން ބާއްވަން އުޅުނު ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ހުއްޓުވޭތޯ ރަޝިޔާއިން މަސައްކަތްކުރިއެވެ. ޔޫރަޕްގެ ގައުމުތަކުންވަނީ ވެނެޒުއޭލާގެ ރައީސް ވެރިކަމުން ފޭބުމަށް އަށް ދުވަހުގެ މުހުލަތެއް ދީފައެވެ.

ރަޝިޔާއިން ތުހުމަތުކުރަނީ ވެނެޒުއޭލާގައި ބަޣާވާތެއްގެންނަން އެމެރިކާއިން މިހާރު އުޅޭކަމަށެވެ.

Advertisement

ކޮމެންޓް