ބޯޓަކަށް މުދާ އަރުވަނީ / ފޮޓޯ: ދަ ޕްރެސް
ހަބަރު
21 Feb 2023 | 15:02
ދޯންޏަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އުޅަނދުގެ ވެރިފަރާތުން ޒިންމާވާން ޖެހޭގޮތަށް ހަދައިފި

ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރިފަރާތުން ދޭންޖެހޭ ގޮތަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވައިދު އެކުލަވާލައިފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލި މި ގަވައިދުގައިވާ ގޮތުން، އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެއެވެ.

އަދި އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ގަސްތަކާ ނުލާ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެ އެވެ.

މީގެއިތުރުން، ކަނޑު ދަތުރުފަތުރު ކުރާ އުޅަނދަކަށް މުދާ ބަރުކުރުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންކަން ވެސް އެ ގަވާއިދުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން؛ 

- އެ މުދަލަކާ ގުޅޭ މައުލޫމާތު، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ދޭން ޖެހޭނެ.

- މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހަން ޖެހޭނެ

- މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އުޅަނދުގެ ވެރިފަރާތަށް ދޭނެ ޖެހޭ

- މުދަލެއް އެރުވުމަށް ފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުން، މުދަލުގެ ވެރިފަރާތުން ބޭނުންނަމަ، އުޅަނދުގެ ކެޕްޓަނަށް ދޭން މަޖުބޫރު އެ ގަވައިދުގައިވާ ކަންކަމާއި ހިލާފުވާނަމަ 1،000-2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ.

މި ގަވައިދަށް އަމަލުކުރަން ފަށާނީ އަންނަ މެއި މަހުން ފެށިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.